މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

އިޢުލާން

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

އެސިސްޓެންޓް ޑިރެކްޓަރ  (އެމް.އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

2462/25 ރުފިޔާ

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާރޒް

ތަޢުލީމާއި ތަޖުރިބާ:

 

  1. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލްސަރވިސްގެ ގަވާއިދުތަކާ އެއްގޮތުގެ މަތިން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތާއި ޙަވާލުވެފައިވާ މުވައްޒަފުން ލައްވައި އެމަސައްކަތްތައް ކުރުވުން.
  2. މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި މުވައްޒަފުން ލައްވާ ޑިރެކްޓަރ ނުވަތަ ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން އެމަސައްކަތްތައް ކުރުވުން.
  3. ބަޖެޓް ބަލަހައްޓާ މުވައްޒަފުން މަސައްކަތްކުރާގޮތް ބެލެހެއްޓުމާއި އެމަސައްކަތްތައް ގަވާއިދުން ކުރަމުންގެންދޭތޯ ބަލައި ޗެކްކުރުން.
  4. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހިސާބުތަކާ ލިއެކިއުން ބެލެހެއްޓުމުގެ ގަވާއިދުތަކަށް ފެތޭނެހެން ކަންކަން ހިގާތޯބެލުމާއި އެކަންކަންއެގޮތުގެ މަތިން ރާވައި ހިންގުން.
  5. ކޮންމެ އަހަރަކަށް ލަފާކުރާ އަހަރީ ބަޖެޓް ޒިއްމާދާރު އިސް ވެރިޔާއާއި ކައުންސިލުގެ ލަފާގެމަތީން ތައްޔާރުކުރުމާއި ބަޖެޓް އެކުލަވައިލުން.
  6. ކައުންސިލުގެ އަންދާސީހިސާބު ކޮމިޓީގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވުން.
  7. މީޑިއާ ކައުންސިލުގެ މަޤާމުތަކަށް މީހުން  ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެފަރާތްތަކަށް ވަޒީފާތައް ހަމަޖެއްސުމުގައި ޑިރެކްޓަރ ނުވަތަ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ ދަށުން ނިންމަންޖެހޭ މަސައްކަތްތަކެއް ނިންމުން.
  8. މުވައްޒަފުން ސިވިލްސަރވިސް ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރަމުންދޭތޯ ބެލުމާއި އެފަދައިން ޢަމަލު ނުކުރާ ފަރާތްތަކާމެދު ގަވާއިދު ތަންދޭ މިންގަނޑުގެ ދަށުން ޒިންމާދާރު އިސްވެރިޔާގެ ލަފާގެމަތިން ފިޔަވަޅުއެޅުން.
  9. މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މިފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ފޯމު ފޮނުވަންވީ ތާރީޚާއި ތަން:

2014 ޑިސެންބަރު 26 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން 2014 ޑިސެންބަރު 17 އިން 18 އަށް މިކައުންސިލުގައި ކުރިއަށްދާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މި ކައުންސިލުގެ ފޯނު ނަންބަރު: 3003886 އާއި ގުޅުއްވުން އެދެމެވެ.

11  ޞަފަރު  1436  

03 ޑިސެންބަރު 2014
ހޯދާ