ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ފޯރުކޮށްދިނުމާއި  އަދި އެތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

1– މަލްޓިމީޑިއާ  ޕްރޮޖެކްޓަރ ވިއްކުން

2- ކްލާސްތަކުގައި ބޭނުން ކުރެވޭގޮތަށް ޕްރޮޖެކްޓަރ އިން ސްޓޯލް ކޮށްދިނުން .  

ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަތީގައިވާ ތަކެތި ސަޕްލައިކޮށްދިނުމާއި އަދި އިންސްޓޯލް ކޮށްދިނުމަށް  ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ތާލާ އެއްގޮތަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިތަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* -  މަލްޓިމީޑިއާ ޕްރޮޖެކްޓަރ  ވިއްކުން

8 ޑިސެންބަރު 2014 ވަނަދުވަހުގެ 11:00 ގައި މަޢުލޫމާތު ދިނުން.

11 ޑިސެންބަރު 2014 ވަނަދުވަހުގެ 11:00 އަންދާސީހިސާބު ބަލައިގަތުން.

* -  މަލްޓިމީޑިއާ ޕްރޮޖެކްޓަރ  އިންސްޓޯލް ކޮށްދިނުން.

8 ޑިސެންބަރު 2014 ވަނަދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުން .

11 ޑިސެންބަރު 2014 ވަނަދުވަހުގެ 14:00 އަންދާސީހިސާބު ބަލައިގަތުން.

10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ