ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އޭ.އެމް ޔޫތު ޗެމްޕިއަން ޝިޕް 2015

އިއުލާނު

10 ޖަނަވަރީ 2015 ވާ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ " އެފް.އޭ.އެމް ޔޫތު ޗެމްޕިއަން ޝިޕް 2015 " ގައި ބައިވެރިވުމަށް އެދޭ، މިއެސޯސިއޭޝަނުގެ މެމްބަރ އަދި އެސޯސިއޭޓް މެމްބަރ، ކުލަބު / ޖަމުއިއްޔާ ޖަމާއަތަކުން، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، 15 ޑިސެންބަަަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، އަދި މުބާރާތުގެ ގަވާއިދު 7 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ، ހެނދުނު 9:30 އާއި މެންދުރުފަހު 15:00 އާ ދެމެދު މިއެސޯސިއޭޝަނުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. 

މިމުބާރާތުގައި ބައިވެރިކުރާ ގޮތަށް ހަމަޖެހިފައިވަނީ ގިނަވެގެން 12 ޓީމެވެ. މިގޮތަށް ބައިވެރިކުރާ ޓީމުތައް ކަނޑައަޅާނީ މުބާރާތުގެ ގަވާއިދުގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.  

01 ޑިސެންބަރު 2014
ހޯދާ