ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
2015ވަނަ އަހަރު ސުކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

2015 ވަނަ އަހަރު މިސުކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މިސުކޫލަށް ދުރުވެ މިކަމަށްއެދި ހުށަހަޅަންޖެހޭ ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ސުކޫލު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.  

ކުއްޔަށް ހިފުމުގައި ބަލާ މުހިންމު ބައެއް ކަންތައްތައް:

1- ގޭގައި މަދުވެގެން 2 ކޮޓަރިއާއި ފާޚާނާ އަދި ބަދިގޭގެ އިތުރުން ސިޓިންގ ރޫމެއްހުރުން.

2- އެހެންބަޔަކު ދިރިއުޅޭ ގެއަކަށް ނުވުން.

3- ބޯފެން ލިބެން ހުންނަ، ކަރަންޓު މީޓަރ އެހެން ބަޔަކާ ނުގުޅި ވަކިވެފައިވާ ގެއަކަށްވުން.

4- ގެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގޭގެ ސާމާނު ހަމަޔަށް ހުރުން.

5- ގެއަކީ ރައްކާތެރިގޮތަކަށް ބަންދުކުރެވެން ހުންނަ ގެއަކަށްވުމާއި ފަސޭހައިން ގެއަށް ވަދެނުކުމޭވޭގޮތަށް ހުންނަ ގެއަކަށްވުން.

ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

ގެ ކުއްޔަށް ދޫކުރުމަށް އެދި ހުށަހަޅާ ސިޓީ، މިކަމަށް ސުކޫލުން ދޫކުރާ ފޯމު (ފޯމު ފުރިހަމަ ކުރުމަށްފަހު)، ގޭގެ ފުލޯ ޕުލޭން ޗާޓު، ގޭގެ އިންވެންޓުރީ އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯރޓުގެ ކޮޕީ

27 ނޮވެންބަރު 2014
ހޯދާ