ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި އަލުން ފެންސް ޖެހުމާބެހޭ

އިޢުލާން

ހއ. ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި އަލުން ފެންސް ޖެހުމާ ބެހޭ

ހއ. ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިހާރު ޖަހާފައިވާ ފެންސް ނަގައި، މި އިދާރާއިން ދޭ މަޢުލޫމާތާ އަދި ކުރެހުމުގައިވާ ގޮތަށް އަމިއްލަ ތަކެތީގައި އަލުން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި ގޮތަށް ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި އަލުން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މައުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު ދޫކުރުން

07 ޑިސެންބަރު 2014

އާދީއްތަ

11:00

އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

14 ޑިސެންބަރު 2014

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޞަފަރު  1436

30 ނޮވެންބަރު 2014
ހޯދާ