އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުން

އައްޑޫސިޓީގެ 6 ސަރަޙައްދެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުން

 

އައްޑޫސިޓީގެ 6 ސަރަޙައްދެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއަށް މިތަކެތި ފޯރުކޮށްދީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޞަފަރު 1436                                                                   

26 ނޮވެންބަރު 2014
ހޯދާ