ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ލައިބްރޭރިއަން

މަޤާމުގެ ނަން: ލައިބްރޭރިއަން

މުސާރަ:  -/6295 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ޕަބްލިކް ޕްރޮގްރާމްސް އެންޑް ޓްރޭނިންގ ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ނުވަތަ
  3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޚާއްޞަ ދުވަސްތައް ފާހަގަކުރުމާއި ތަފާތު ޕްރޮގްރާމްތައް/އެގްޒިބިޝަން އަދި އިވެންޓް ރާވައި ހިންގުން.
  • ލައިބްރަރީ ޕްރޮމޯޓްކޮށް ތަރައްޤީކުރުމަށްޓަކައި މާކެޓްކޮށް އިޝްތިހާރުކުރުން.
  • އާއްމުން ލައިބްރަރީއަށް ހޭލުންތެރިކުރުވުމަށް ޔޫސަރ އެޑިއުކޭޝަން ޕްރޮގްރާމް ހިންގުން.
  • ލައިބްރަރީގެ ނިއުސްލެޓަރ ގަވާއިދުން ތައްޔާރުކޮށް ނެރުން.
  • ކުތުބުޚާނާގެ މީޑިއާ އޮފިސަރެއްގެ ހައިސިއްޔަތުން ޤައުމީކުތުބުޚާނާގައި ހިންގާ އެންމެހާ ޙަރަކާތްތަކުގެ ޚަބަރުތައް މީޑިއާއަށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލުން.

އިންޓަރވިއު:

- މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީ ކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 3 ދުވަސް ކުރިން އެންގޭނެއެވެ.

ނޯޓް: ލައިބްރަރީ އަދި މާރކެޓިންގ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ލިބިފައިވާ ސެޓްފިކެޓް ތަކުގެ އޮރޮޖިނަލް އިންޓަވިއުއަށް ހާޒިރުވާއިރު ގެނައުމަށް.

ފޯމު ފޮނުއްވަންވީ ތާރީޚު: 2014 ޑިސެންބަރު 04 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ޤައުމީކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާސާރުގެ ޢިމާރާތް)

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ. )
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ