ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިމާރާތެއްގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މިކުންފުނީގެ ފަރާތުން އަޅަން ގަސްތުކުރާ އިމާރާތެއްގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H-2014/184 އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވަނީ ދެފަރާތުން ކަމުގައިވާތީ، މިއިޢުލާނު ބާޠިލުކޮށް، އަލުން މިކަމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދެންނެވީމެވެ.

2. މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 01 އިން 2014 ޑިސެންބަރު 15 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހުގެ 15:00 އާ ދެމެދު US$200.00 (ދުއިސައްތަ ޔޫ.އެސް.ޑޮލަރު) ނުވަތަ -/3,000 ރ. (ތިންހާސް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2014 ޑިސެންބަރު 16 ވާ (އަންގާރަ) ދުވަހުގެ 14:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2014 ޑިސެންބަރު 29 ވާ (ހޯމަ) ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2014 ޑިސެންބަރު 03 އިން 2014 ޑިސެންބަރު 15 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުގައެވެ.

3. މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/20,000 ރ. (ވިހިހާސް) ރުފިޔާ ނުވަތަ US$1,250.00 (އެއްހާސް ދުއިސައްތަ ފަންސާސް) ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 15 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމެންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެއެވެ.

4. ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 29 ވާ (ހޯމަ) ދުވަހުގެ 14:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ. އަދި ބީލަން ޑޮކިއުމަންޓަށް ކުރިން ފައިސާ ދައްކަވައިފައިވާ ފަރާތްތަކުން އަލުން ފައިސާ ދައްކަވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.      

ތަފުސީލު

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2014 ޑިސެންބަރު 01 އިން 2014 ޑިސެންބަރު 15

9:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2014 ޑިސެންބަރު 03 އިން 2014 ޑިސެންބަރު 15

9:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2014 ޑިސެންބަރު 16

14:00 ގައި

އަގު ހުށަހެޅުން

2014 ޑިސެންބަރު 29

14:00 ގައި

09 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ