މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމް ހިންގާނެ ފަރާތެއްހޯދުން

އިޢުލާން

އައްޑޫސިޓީ، ހުޅުދޫއާއި ހުޅުމީދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް 1 އަހަރުދުވަހުގެ މުއްދަތަށް ހިންގައިދޭނެ ފަރާތެއް އައްޑޫ ސިޓީން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ޕްރޮގްރާމްތައް ހިންގައިދިނުމަށް އެދޭ ފަރާތްތަކުން ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތްތަކުން 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބާއި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

މިޕްރޮގްރާމްތައް ހިންގާނީ ޕްރޮގްރާމް ހިންގުމަށް ހޮވޭ ފަރާތަކާއި، މި މިނިސްޓްރީއާއި، ޕްރޮގްރާމް ހިންގާ ދެރަށުގެ ކައުންސިލް އިދާރާއާ ގުޅިގެންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ  3020219 ފޯނަށެވެ.

05 ޞަފަރު  1436

27 ނޮވެންބަރު 2014
ހޯދާ