މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މި ޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

ރޭންކް: އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

ބޭނުންވާ ޢަދަދު:   1

ސެކްޝަން: ފައިނޭންސް

ދާއިރާ:   ފައިނޭންސް އެންޑް ފެސިލިޓީސް

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/2000ރުފިޔާ

މުސާރަ:    -/8358,ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒިފާގެ މަސްއޫލިއްޔަތުތައް:

1- އޮފީހަށް ބޭނުންވާ ޕްރޮގްރާމް ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭފަރާތްތަކަށް ފޮނުވައި، ފާސްކޮށް ހޯދަންޖެހޭ މުއްދަތައް ހޯދުން.

2- އޮފީހުގެ މުސާރައާއި ހިސާބު ބެލެހެއްޓުމުގެ ހުރިހާކަމެއް ހިންގައި ބެލެހެއްޓުން.

3- އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ތަކެތި ދުރާލާ ދެނެގަނެ އެތަކެތި ހޯދައި މަސައްކަތްތަކަށް ދަތިނުވާނޭ ގޮތެއްގެ މަތިން ތަކެތި ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުން.

4- އޮފީހުގެ އިންފޮމޭޝަން ޓެކްނޯލޮޖީ ޔުނިޓް ހަރުދަނާކޮށް ހިންގައި ބެލެހެއްޓުން.

5- އޮފީހުގެ މަސައްކަތާއި ގުޅިގެން އަލަށް ޢިމާރާތްކުރަންޖެހޭ ތަންތަން ޢިމާރާތްކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތު ކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.

6- ސެކްޝަންގެ މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް މަސައްކަތް ކުރަންވީގޮތް އޮޅުން ފިލުވައިދިނުމާއި، މަސައްކަތް ކުރާނުކުރާގޮތް ބަލައި މަސައްކަތުގެ ފެންވަރު ދެނެގަނެ އަޅަންޖެހޭ އިސްލާޙީ ފިޔަވަޅުތައް އެޅުން.

 ތަޢުލީމާއި ތަޖުރިބާ:
  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިނާޔަތްތައް:

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން  އިތުރުގަޑީގެ ފައިސާއާއި އެހެނިހެން
ވަޒިފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  2. ގިނަވަގުތުގައި މަސައްކަތްކުރެވެވޭ މީހަކަށްވުން
ހުށައަޅަންޖެހޭ ލިޔުންތައް:
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުން މަސައްކަތުގެ ތަޖުރިބާ ހާމަކޮށްދިނުމަށް ދެއްވާފައިވާ ލިޔުންތަކުގެ ކޮޕީ.
އިންޓަރވިއު ކުރުމާއި އަދި ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަރވިއު ކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 08 އިން 18 ޑިސެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

އަދި އިންޓަރވިއު ކުރުމަށާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ކަމުގައި ދެންނެވީމެވެ.

މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލު ކޮޕީ ގެންނެވުން އެދެމެވެ

ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިޕޮލިޓެކްނިކްއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  ފޯނު ނަމްބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑުކުރެއްވޭނެ އެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ