ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:                      އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:                 01

ރޭންކް:                       އެސް.އެސް 2

ކްލެސިފިކޭޝަން :                ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ :                    -/3470 ރުފިޔާ

ސަރވިސް އެލަވަންސް              -/1000ރުފިޔާ

ވަޒީފާއޮތް އޮފީސް:                ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި                       ދާއިމީ

ވަޒީފާ އަދާކުރާތަނާއި ރަށް :          ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

ޝަރުޠު:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- އޮފީހުން ބޭރަށް ގެންދާ ލިޔެކިޔުމާއި ސިޓީ ފަދަ ތަކެތީގެ ތެރެއިން ޙަވާލުކުރި އެއްޗެއް އެފަރާތްތަކަށް ރައްދުކުރުމާއި އަދި މިގޮތުން އެކިފަރާތް ފަރާތުން ގެންނަވާ ތަކެތި ގެނެސް އެކަމާބެހޭ ފަރާތަކާ ޙަވާލުކުރުން. އަދި މީގެ އިތުރުން ބޭރަށް ފޮނުވޭ ކޮންމެ އެއްޗަކާއިމެދު ޢަމަލުކުރިގޮތް އެންގުން.

2- މަރުކަޒުގެ ފަރާތުން ރާވައި އެކިއެކި ޙަރަކާތްތަކުގައި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެހީތެރިވުން.

3- އެކިއެކި ޙަރާކާތްތައް އިންތިޒާމްކުރާއިރު އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.

4- ޙަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ގާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއު އިން

 

މަޤާމު:                     މަސައްކަތު

ބޭނުންވާ އަދަދު:                02

ރޭންކް:                    އެސް،އެސް.1

ކްލެސިފިކޭޝަން :              ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ :                  -/3100 ރުފިޔާ

ސަރވިސް އެލަވަންސް           -/1000ރުފިޔާ

ވަޒީފާއޮތް އޮފީސް:              ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ގިންތި                     ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް :       ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

                       (ޑިޕާޓްމަންޓް އޮފް ކޯޕަރޭޓް އެފެއާޒް)

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހުގެ އެތެރޭގެ ހުރިހާ ތަނެއް ކޮންމެ ދުވަހަކު ކުނިކަހައި، ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  2. ކޮންމެ ދުވަހަކު އޮފީހުގައި ހުރި ބިއްލޫރި ދޮރުފަތްތައް ސާފުކޮށް ބެލެހެއްޓުން.
  3. އޮފީހުގެ ފާޚާނާތައް މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކުރުން.
  4. އޮފީހުގެ މުވައްޒަފުން ތިއްބަވާ ގޮނޑި، މޭޒުފަދަ ތަކެތި ދުވާލަކު އެއްފަހަރު ފޮޅައި ސާފުކުރުމާއި އޮފީހުގެ އެތެރޭގައި ހުންނަ ކަބަޑުތަކުގައި ހުންނަ ފޮތް ފައިލް ފަދަ ތަކެތި މަދުވެގެން މަހަކު އެއްފަހަރު ފޮހެ ސާފު ކުރުން.
  5. ސައިކޮޓަރި ދުވާލަކު އެއްފަހަރު ކުނިކަހާ ފޮޅާ ސާފުކޮށް މޮޕްލާ ހެދުން އަދި މުވައްޒަފުންނަށް ސައި ތައްޔާރު ކުރުމާއި އަދި ސައިކޮޓަރީގައި ބޭނުންކުރާ ތަށި ސަމުސާފަދަ އާލާތްތައް ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  6. ވަރކްޝޮޕްތަކަށް ހޯލްތައް ތައްޔާރުކޮށް ހެދުން.
  7. އޮފީހުން ބާއްވާ ވަރކްޝޮޕް ސެމިނަރފަދަ ކަންކަމަށް ބޭނުންވާ ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލާ ހެދުން

ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ގާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

އިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން.

މި މަޤާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 10 ޑިސެންބަރު 2014 އާއި 22 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގަ

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް މި އިންސްޓިޓިއުޓްގެ ވެބްސައިޓް(www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓްގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތާއުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14.00 ގެ ކުރިން.

ނޯޓް:

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ ނަންބަރު 3318852 ފޯނަށް ގުޅުއްވުން އެދެމެވެ. 

25 ނޮވެންބަރު 2014
ހޯދާ