ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓެކްނީޝަން

 

މަޤާމު

ޓެކްނީޝަން

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ. އެސް 4

މުސާރަ

މަހަކު: -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ

ސެކްޝަން/ޔުނިޓް/ތަން

ސްޓެޓިސްޓިކްސް އެންޑް އިންޑަސްޓްރީ ރިސާރޗް / ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް / މާލެ

މަޤާމުގެ މަސްޢޫލިއްޔަތު

ޓެލެކޮމިއުނިކޭޝަން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅައިގެން ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކާބެހޭ ތަފާސްހިސާބުތައް ހޯދާ، ރަނގަޅު ނިޒާމެއްގެ ދަށުން ބެލެހެއްޓުން

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލ 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މައްދާއިންދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެއިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ ސިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1-  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން

3- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓެލެކޮމިއުނިކޭޝަންއާއި ބެހޭ ތަފާސްހިސާބުތައް ދިރާސާކޮށް، ޚިދުމަތްތަކަށާއި ސިނާޢަތަށް އަންނަ ބަދަލުތައް ފެންނަ ގޮތަށް ރިޕޯޓް އާއި ތާވަލު ޗާޓުތައް ތައްޔާރުކުރުން
  2. ސަރުކާރުގެ އޮފީސްތަކަށާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ޖަމްއިއްޔާތަކަށް ޤަވާޢިދުންފޮނުވަންޖެހޭ ޓެލެކޮމިއުނިކޭޝަނާއިބެހޭ ތަފާސްހިސާބުތަކުގެ ރިޕޯޓްތައް ފޮނުވުން
  3. ސަރުކާރުގެ އެކިއެކި އޮފީސްތަކަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ޖަމްޢިއްޔާތަކަށާއި އަދި މިނޫންވެސް ފަރާތްތަކަށް ޓެލެމިއުނިކޭޝަން ދާއިރާގެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ އެހެނިހެން ޙާލަތްތަކުގައި ފޯރުކޮށްދިނުން
  4. ޓެލެކޮމިއުނިކޭޝަނާއި ބެހޭ ތަފާސްހިސާބުތައް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި އަޅައިކިޔައި ދިރާސާކުރުމުގައި ސެކްޝަން ހެޑްއަށް އެހީތެރިވުމާއި އޮތޯރިޓީއަށް ބޭނުންވެއްޖެ ޙާލަތެއްގައި، ޓެލެކޮމިއުނިކޭޝަނާބެހޭ އެކިއެކި ސާރވޭ ހިންގުން
  5. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެންޗްމާރކް ކުރުމުގައި އެހީތެރިވުމާއި އޮތޯރިޓީގެ އަހަރު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވަ ތަފާސްހިސާބުތައް އެކުލަވާލައި، ތާވަލްތަކާއި ޗާޓްތައް ތައްޔާރުކުރުން

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ތަތްކޮށްފައި) މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ވެބްސައިޓް  www.cam.gov.mvގެ ސަރވިސަސްއިން ޑައުންލޯޑް ކުރެވޭނެ.
  2. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ސޮއި އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ސާފު ކޮޕީއެއް.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)، (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  4. ލިބިފައިވާ ލީވިންގ ސެޓްފިކެޓާއި ތަޢުލީމާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކުގެ ސާފުކޮޕީ (ތަޢުލީމީ ސެޓްފިކެޓްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައި، ޓްރާންސްކްރިޕްޓްގެ ކޮޕީއާ، ފުރިހަމަ ކުރިކަމުގެ ކޮލެޖްގެ ލިއުމާއެކު).
  5. މަސައްކަތު ތަޖްރިބާ ދެނެގަތުމަށް ވަޒީފާއެއްގައި އުޅުއްވާނަމަ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޤާމު، ކްލެސިފިކޭޝަން، މުސާރަ،  މަސްއޫލިއްޔަތު އަދި މުއްދަތު އެނގޭނެ ރަސްމީ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސުންގަޑި

8 ޑިސެންބަރު 2014 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ، ހުސްނުހީނާމަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

އިތުރު މަޢުލޫމާތު

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކަށެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެ އެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323344 އެވެ. ފެކްސް: 3320000، މޯބައިލް: 9843344، އީ-މެއިލް: [email protected]

                 

27 ނޮވެންބަރު 2014
ހޯދާ