ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މިކޯހަށް ފޯމު ބަލައިގަންނަން ފަށާނީ 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: މާސްޓަރ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް

މުއްދަތު: 2 އަހަރު (4 ސެމެސްޓަރ)

ޖާގަ: 15

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯސް ހިންގާ ގޮތް: ބްލޮކް މޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

   ހ. ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7 ނުވަތަ 8) ހާސިލުކޮށްފައިވުން. ނުވަތަ

   ށ. ގުޅުން ހުރި ދާއިރާއަކުން ގްރެޖުއޭޓް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 8) ހާސިލުކޮށްފައިވުން. ނުވަތަ

   ނ. އެޑްވާންސްޑް ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 6) ފުރިހަމަކޮށްފައިވުމާއި، 4 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

   ރ ޑިޕްލޮމާ (އެމް.ކިޔު.އޭ ލެވެލް 5) ފުރިހަމަކޮށްފައިވުމާއި، 8 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން. ނުވަތަ

   ބ. އެޑްވާންސްޑް ސެޓުފިކެޓު (އެމް.ކިޔު.އޭ ލެވެލް 4) ފުރިހަމަކޮށްފައިވުމާއި، 10 އަހަރު ދުވަހުގެ ތަޖުރިބާ ގުޅުންހުރި ދާއިރާއަކުން ހޯދާފައިވުމާއި، އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސިން ދަށްވެގެން "ސީ" ގްރޭޑް ހޯދާފައިވުން. ނުވަތަ IELTS 5.5 ލިބިފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިވާ ފަރާތްތައް އިނގިރޭސި ޝަރުޠުން އިސްތިސްނާވާނެއެވެ.

3 ޞަފަރު 1436

25 ނޮވެންބަރު 2014
ހޯދާ