ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
4 ބުރީގެ އިމާރާތެއް އަޅާނެ ފަރާތެއް ހޯދުމާބެހޭ

ހދ. ކުޅުދުއްފުށީ ބްރާންޗުގެ ގޯތީގައި 4 ބުރީގެ، (3500 އަކަފޫޓުގެ) އިމާރާތެއް އަޅާނެ ފަރާތެއް ހޯދުމާބެހޭ

ތިރީގައި މިދަންނަވާގޮތަށް މިކުންފުނީގެ ހދ. ކުޅުދުއްފުށީ ބްރާންޗުގެ ގޯތީގެތެރޭގައި އަޅާ 4 ބުރީގެ، (3،500 އަކަފޫޓުގެ) އޮފީސް އިމާރާތް ފަރުމާ ކުރުމަށް ތިރީގައި މިބަޔާންކުރާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

- ޑިޒައިން ކޮންސެޕްޓް (3D އިލަސްޓްރޭޝަނާއެކު)

- ޕްރޮޓޯޓައިޕް އޮފީސް އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު

- އިންޓީރިއާ ޑިޒައިން

- އިމާރާތުގެ ޓެކްނިކަލް ސްޕެސިފިކޭޝަން

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ މާލޭގައިވާ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ