މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ކޮމްޕެކްޓަރ ފައިލިންގ ސިސްޓަމެއް ޤާއިމްކުރުން

އިޢުލާން 

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގައި ކޮމްޕެކްޓަރ ފައިލިންގ ސިސްޓަމެއް ޤާއިމްކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހު 14.00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނު މަގު / ކޯސްޓްގާޑް ބިލްޑިންގާ ޖެހިގެން އިރަށް )

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅިދާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333116 އަށް ގުޅުއްވުން އެދެމެވެ.

2 ޞަފަރު 1436

 

24 ނޮވެންބަރު 2014
ހޯދާ