ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޤައުމީ މަންހަޖުގެ ސިލަބަސްތަކަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 40/IUL)451-FP/1/2014) އިޢުލާނާ ގުޅިގެން އެ މަސައްކަތްތައް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ދެފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، 2015ވަނަ އަހަރު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ޤައުމީ މަންހަޖުގެ ސިލަބަސްތަކަށް ތިރީގައިމިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

  1. ޤުރުއާން ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތް (3ފޮތް) ލޭއައުޓް ހެދުން
  2. ޤުރުއާން ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން
  3. ޤުރުއާން ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތް (3ފޮތް) ޕްރޫފް ރީޑްކުރުން
  4. ޤުރުއާން ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ޕްރޫފް ރީޑް ކުރުން
  5. ޤުރުއާން ގްރޭޑް 3،2،1ގެ ދަރިވަރުންގެ މަސައްކަތު ފޮތާއި މުދައްރިސުންގެ ފޮތް އެޑިޓްކުރުން
  6. އިސްލާމް ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތް (3ފޮތް) ޕްރޫފް ރީޑް ކުރުން
  7. އިސްލާމް ގްރޭޑް 3،2،1، ގެ މުދައްރިސުންގެ ފޮތް (3ފޮތް) ޕްރޫފް ރީޑް ކުރުން
  8. އިސްލްމް ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތް (3ފޮތް) ލޭއައުޓް ހެދުން
  9. އިސްލާމް ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން
  10. އިސްލާމް ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތާއި މުދައްރިސުންގެ ފޮތް އެޑިޓްކުރުން
  11. ދިވެހި ގްރޭޑް 3،2،1 ގެ ދަރިވަރުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން
  12. ދިވެހި ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ލޭއައުޓް ހެދުން
  13. ދިވެހި ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތުފޮތް (3ފޮތް) ޕްރޫފް ރީޑް ކުރުން
  14. ދިވެހި ގްރޭޑް 3،2،1 ގެ މުދައްރިސުންގެ ފޮތް (3ފޮތް) ޕްރޫފް ރީޑް ކުރުން
  15.  ދިވެހި ގްރޭޑް 1 ގެ ދަރިވަރުންގެ މަސައްކަތު ފޮތާއި މުދައްރިސުންނަށް ދޭ މަޢުލޫމާތު (ޔުނިޓް 10،7،6) ލިޔުން
  16. ދިވެހި ގްރޭޑް 3،2،1 ގެ ދަރިވަރުންގެ މަސައްކަތު ފޮތާއި މުދައްރިސުންގެ ފޮތް އެޑިޓްކުރުން

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 ނޮވެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް

30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 11:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242 ނަންބަރު ފޯނާއެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ