މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ވަށައިގެން ލެވިފައިވާ ކަނޑުތޮށްޓާއި އެއްގަމުތޮށީގައި ތަކެތި ބެހެއްޓުމާއި ތަންތަން ހެދުން މަނާ ކުރުމާބެހޭ

މިހާރަކަށް އައިސް މާލެ ވަށައިގެން ލެވިފައިވާ ކަނޑުތޮށްޓާއި އެއްގަމުތޮށީގައި މިއިދާރާއަށް އެނގުމަކާނުލައި އެކިފަރާތްތަކުން އެކިބާވަތުގެ ތަކެތި ބެހެއްޓުމާއި ތޮށިތަކަށް ގެއްލުން ލިބޭގޮތަށް ތޮށިމަތީގައި ތަންތަން ހަދަމުންގެންދާކަން މިއިދާރާއަށް ވަނީ ފާހަގަ ކުރެވިފައެވެ.

މިކަމަކީ މީގެ ސަބަބުން ތޮށިތަކަށް ލިބޭ ގެއްލުމަކާ ގުޅިގެން ކުއްލިއަކަށް މާލެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށްވާތީ، އެއްވެސް ފަރާތަކުން މާލޭގެ ކަނޑުތޮށްޓާއި އެއްގަމު ތޮށީގައި ތަންތަން ނުހެދުމަށާއި އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އަންގަމެވެ. އަދި އެއްވެސް ފަރާތަކުން ތޮށިތަކުގައި ތަކެތި ބަހައްޓާފައިވާނަމަ، ނުވަތަ ތަނެއް ހަދާފައިވާނަމަ 30 ނޮވެންބަރު 2014 ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. މިތާރީޚުގެ ނިޔަލަށް ނުނަންގަވާ ހުންނަ އެފަދަ ތަންތަނާއި، ތަކެތި މާލޭ ސިޓީކައުންސިލުގެ އިދާރާއިން ނަގާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 މުޙައްރަމް 1436

19 ނޮވެންބަރު 2014
ހޯދާ