ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް ފުރުޞަތު

COMSATS Institute of Information Technology (CIIT)

ލެވަލް: މާސްޓަރޒް

ޕާކިސްތާން، އިސްލާމްއާބާދު

ޤައުމު:

  • ކޮމްޕިއުޓަރ ސައިންސް
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • މީޓިއޮރޮލޮޖީ
  • މެނޭޖްމަންޓް ސައިންސް
  • ޑިވެލޮޕްމަންޓް ސްޓަޑީޒް
  • މެތަމެޓިކްސް
  • ފިޒިކްސް
  • ކެމިސްޓްރީ
  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ބަޔޯސައިންސަސް

ކޯހުގެ ދާއިރާ:

  • ގުޅޭދާއިރާއަކުން ބެޗްރަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. (ސީ.ޖީ.ޕީ.އޭ 2.5 /4.0 ލިބިފައިވުން)
  • ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ، 25 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން. އަދި
  • TOEFL އިން އޯވަރއޯލް ސްކޯރ 70 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯރ މަދުވެގެން 5.0 ލިބިފައިވުން. (TOEFL އަދި IELTS ފުރިހަމަކުރިފަހުން 2 އަހަރު ވެފައިނުވުން)
  • މިކޯހާބެހޭ މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް މިޑިޕާޓްމަންޓްގެ ވެބްސައިޓް   www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ޝަރުތުތައް:

  • މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ތިރީގައިވާ ޚަރަދު ވަނީ ހަމަޖެހިފައެވެ.

-  ވަންޓައިމް ފީ ގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވާޚަރަދު (އެޑްމިޝަން އަދި ގްރެޖުއޭޝަން ފީ) ގެ %80-60

-  ޓިއުޝަން ފީ ގެ % 100

-  ބޯޑިންގ ލޮޖިން އަދި ޓްރާންސްޕޯޓް އާއި ފުޑް އަށް ވާ ފީ ގެ %50

  • މިކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ދެކޮޅުޓިކެޓް ނަގަންޖެހޭނީ އަމިއްލައަށެވެ. އަދި މަތީގައި ދެންނެވިފައިވާ ޚަރަދުގެ އިތުރުން ކުރަންޖެހޭ ޚަރަދެއްވާނަމަ އެޚަރަދު ކުރަންޖެހޭނީ ކެންޑިޑޭޓުންގެ އަމިއްލަ ޚަރަދުގައިއެވެ.
  • އަމިއްލަގޮތުން ދައްކަންޖެހޭފީތައް ދެއްކުމަށްޓަކައި ޚަރަދުވާފައިސާ ހޯދުމަށް އެދޭފަރާތްތަކަށް، ލޯނެއްގެ ގޮތުގައި މިޑިޕާޓްމަންޓުން އެފައިސާ ހަމަޖައްސައިދެވޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތައުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެ ކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމު ހާޞިލްކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުތެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުތުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ޙާޞިލް ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު www.comsats.edu.pk ވެބްސައިޓްގެ ވެބްޕޯޓަލް ފޮރ އިންޓަނޭޝަނަލް ސްޓޫޑަންޑްސް އިން ލިބޭނެއެވެ.
  • މިކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ 2 ފެބްރުއަރީ ގައެވެ.
  • މިސްކީމްގެ ދަށުން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ކޯހަށެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި (މިޑިޕާޓްމަންޓްގެ އަދި ކޮމްސެޓްގެ އެޕްލިކޭޝަން ފޯމް)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން  ތައްގަނޑުޖެހި އަސްލު.( އެޓެސްޓް އޮރިޖިނަލް ) އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭންކޮޕީ ޤަބޫލެއްނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމް، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅުއްވާ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމް ހާޞިލްކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސްޓޭޓްމަންޓް އޮފް ޕަރޕަރސް ނުވަތަ ރިސަރޗް ޕްލޭން  (މަދުވެގެން 2 ގަނޑު)
  • 6 ޕާސްޕޯޓްސައިޒް ފޮޓޯ (ނޫ ބެކްގްރައުންޑްގައި)
  • އެޓެސްޓްކޮށްފައިވާ ޕާސްޕޯޓް ކޮޕީ
  • ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިއުން.
  • ބެޗެލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ، 25 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވާކަން އަންގައިދިނުމުގެ ގޮތުން އެމީހަކު ވަޒީފާ އަދާކުރަމުންދާ ނުވަތަ ވަޒީފާ އަދާކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިގޮތުން ގެނެވޭ ލިޔުންތަކުގައި ވަޒީފާ އަދާކުރަން ފެށި ތާރީޚާއި ނިމުނު ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ. (ވަޒީފާއަދާކުރާތަނުން ނުވަތަ ކޮށްފައިވާތަނަކުން).
  • TOEFL ނުވަތަ IELTS ހުށަހަޅަންވާނެއެވެ.

-    ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 25 ނޮވެންބަރު 2014 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ކޯހަށްއެދޭ ފޯމް ހެނދުނު 8:30 އިން މެންދުރުފަހު 14:30 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv)  ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

19 ނޮވެންބަރު 2014
ހޯދާ