މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

   މަޤާމު:                    ޕްރޮކިއުމަންޓް އޮފިސަރ

   ބޭނުންވާ އަދަދު:               01        

   މުސާރަ :                  -/5,610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2,000 ރުފިޔާ

   ނޮން ޕްރެކްޓިސް އެލަވަންސް  :     މުސާރައިގެ %35

   ރިސްކް އެލަވަންސް:            އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

   ފޯން އެލަވަންސް:             -/200 ރުފިޔާ

   އިތުރުގަޑީގެ ފައިސާ :          ހަމަޖެހިފައިވާ އުސޫލުގެ މަތިން

   ވަޒީފާ އޮތް އޮފީސް:           ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    ގިންތި:                 ކޮންޓްރެކްޓް

    ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ތަޢުލީމީ ފަންޑުގެ އިދާރާއިން ކުރެވޭ އެންމެހާ އިޢުލާންތައް ކުރުން

- ބިޑް ޑޮކިޔުމަންޓް ތައްޔާރުކުރުން

- ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ތައްޔާރުކުރުން

- ބިޑް އިވެލުއޭޝަން މަސައްކަތައް ބޭނުންވާ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ކޮމެޓީއަށް ހުށަހެޅުން

- ބިޑް އިވެލުއޭޝަން ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން

- ތަޢުލީމީ ފަންޑުގެ އިދާރާއަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި އަގު އިވެލުއޭޝަން ފޯމު ތައްޔާރުކުރުން

- ޕީ.އޯ ތައްޔާރުކުރުން

- ތަޢުލީމީ ފަންޑުގެ އިދާރާގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

- ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ޕޭމަންޓް ހެދުމަށް ފޮނުވުން

- ހޯދޭ ތަކެތީގެ ތެރެއިން ގުދަނަށް ފޮނުވަންޖެހޭ ތަކެތި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކުރުމާއި އެކަންކަމާގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރުން

- ތަޢުލީމީ ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.

- މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.

ޝަރުޠު: 

  1. މެއިންޓެނަންސް އޮފިސަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން. އަދި މިދާއިރާއާ ގުޅޭ ތަމްރީނު ލިބިފައިވުން. ނުވަތަ ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ.  މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ށހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ނ.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ރ.  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ބ.  މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

  • އިންޓަރވިއު ކުރުން :

ހ.  މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 01 ޑިސެންބަރު 2014 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ.  އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް :

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ތަޢުލީމީ ފަންޑުގެ ކައުންޓަރުން / އެދުރުހިޔާ ، 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެ )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު    

ނ-  ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ބ-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ޅ-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)

  • ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :
  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 1 ވަނަ ފަންގިފިލާ، ފަޅުމަތީމަގުގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:30
  • ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 3341192 ފޯނަށް ގުޅުއްވުން އެދެމެވެ.
18 ނޮވެންބަރު 2014
ހޯދާ