ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު:            މަސައްކަތު

މަޤާމުގެ ނަންބަރު:      217973

މަޤާމު:            މަސައްކަތު

ރޭންކް:            އެސް.އެސް 1

ކްލެސިފިކޭޝަން:      ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:      ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާ

ސެކްޝަން:          މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި

މުސާރަ:            3,100.00 ރުފިޔާ

ސަރވިސް އެލަވަންސް:    1,000.00 ރުފިޔާ                                               

ބޭނުންވާ އަދަދު:       01 (އެކެއް)

މަޤާމުގެ ޝަރުޠުތައް:   

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

 

އިދާރާއިން ހަވާލުކުރެވޭ މިސްކިތް ފޮޅައި ސާފުކޮށް، މިސްކިތުގައި ކުރަންޖެހޭ ކަންކަން ކޮށް، މިސްކިތުގެ ގޯތިތެރެއާއި ވަށާފާރުގެ ބޭރުން މަގުމައްޗަށް ވީ ފަރާތް ވިނަ ނޮޅައި ކުނިކަހައި ސާފުކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ހުރި ވަޅު މަހަކު އެއްފަހަރު ދިޔަ ހިއްކުމާއި، އަދި މިސްކިތުގެ ގޯތިތެރޭގައި ހުރި އެންމެހާ ތަންތަން ސާފުކޮށް ބެލެހެއްޓުން. އަދި ހަމަޖެހިފައިވާ އުސޫލުން ނަމާދުވަގުތުތަކަށާއި އެހެނިހެން މަސައްކަތްތަކަށް ކައުންސިލުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތަށް ހާޒިރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރައްވަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑިއެއް ފަހުން ލިޔުމުން އަންގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި އިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ((www.csc.gov.mv ލިބެން ހުންނާނެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500012 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500017 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

23 މުޙައްރަމް 1436

16 ނޮވެންބަރު 2014
ހޯދާ