އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ހޯދުން

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު 34/GS41/2014 އިޢުލާނާ ގުޅިގެން ހުށަހާޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2014 ވަނަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޑިސެންބަރު 2014 ވަނަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

4     Powered Speaker 1000W

1     Portable Sound System 500W

1     8-Channel Compact Mixer with Effects

3     Speaker Stand (Pair)

1     Pro Dynamic Vocal Microphone

4     Microphone Stand

2     DVD Player

350ft Pro Microphone Cable 6.5mm

6     XLR Male Connector Silver Contacts

6     XLR Female Connector Silver Contacts

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކަނޑައެޅިފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނެއްގެ ހުށަހެޅުމަކަށް، އިވެލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.
  • އެގްރީމެންޓްގައިވާ މުއްދަތުގައި މި އިޢުލާނުގައިވާ ތަކެތި ގެނެސް ނުދެވިއްޖެނަމަ، ޖުމުލަ އަގުން ދުވާލަކު 0.75 އިންސައްތަ ޖުރިމަނާގެ ގޮތުގައި ކެނޑޭނެއެވެ. މިގޮތުން ކެނޑޭ މިންވަރު މަސައްކަތުގެ ޖުމުލަ އަގަށްވުރެ އިތުރުވެއްޖެނަމަ، އެހާހިސާބުން ފެށިގެން މަސައްކަތް ހަވާލުވާފަރާތް މަސައްކަތުން ވަކިވާނެއެވެ.
  • އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

ޕޮއިންޓް ދޭނެގޮތް:

އަގަށް:                                              75 ޕޮއިންޓް

މުއްދަތު:                                             10 ޕޮއިންޓް

މާލީގޮތުން އެކަންކުރެވޭނެ ފެންވަރު:                               05 ޕޮއިންޓް

(ފައިނޭންޝިއަލް ޕޮޒިޝަން، ބޭންކް ގެރެންޓީފަދަ ލިޔުންތައް)

ފަންނީގޮތުން އެކަން ކުރެވޭނެ ފެންވަރު

(ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތާއި އެމަސައްކަތް ކުރެވިފައިވާގޮތް)         10 ޕޮއިންޓް

ހުށަހަޅަންޖެހޭ ތަކެތި:

  • ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އިމްޕޯޓްމުދާ ވިއްކުމުގެ ހުއްދައިގެ ކޮޕީ އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުން.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
  • އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިއްކުމަށް ހުށަހަޅާ، (މި އިޢުލާނުގައިވާ) ތަކެތީގެ ފުލް ސްޕެސިފިކޭޝަން (ބްރޯޝަރ/ފޮޓޯ)
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ އެފަދަ ލިޔުމެއް.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ