މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީ ހޯދައިދޭނެ ފަރާތެއް ހޯދުން

ރ. އަތޮޅު ކައުންސިލް އިދާރާއަށް ބައެއް މެޝިނަރީ ހޯދައިދޭނެ ފަރާތެއް ހޯދުން.

މިއިދާރާއަށް ބޭނުންވާ މެޝިނަރީ ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު: IUL)229-AHI/229/2014/24)ފ(04 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދެވުނުއިރު އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓްދޭނެ ގޮތެއް ބުނެދެވިފައި ނުވުމާއި، ބޭނުންވާ ތަކެތީގެ މަޢުލޫމާތުގައި އޮޅުން ހުރުމުން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އިވެލުއޭޓް ނުކުރެވިގެން އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މިދަންނަވާ ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތެއްވޭތޯ ބެލުމަށް ބޭނުންވެއެވެ.

ހޯދަން ބޭނުންވާ ތަކެތި:

2   Pcs     Dell inspiron i3 Desktop Computer Systems

1   Pcs     Fargo HDP 5000 Printer

2   Pcs     Fargo HDP 5000 Printer Ribbon (Part No: 84061)

2   Pcs     Fargo HDP  Printer Film

1   Pcs     ENCODER MSR-206U Magnetic Card Reader/Writer

1   Pcs     Image Scanner

1   Pcs     Lamination Machine HDP 5000

4   Pcs     Ultra Card lll 30 mil cards with High- Coercively Magnetic stripe (box of 500                CARDS)

200 PCS    Laminating sheet A4 size  

1   Pcs     Printer Cleaning kit  

1   Pcs     FARGO HDP 5000 Lamination Module

އަގު ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދެވޭނެގޮތް

         ހުށަހަޅާ އަގަށް    70 ޕޮއިންޓް

         މުއްދަތަށް      10 ޕޮއިންޓް

         އެމީހެއްގެ އެންމެ ފަހުގެ 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކް ގެރެންޓީ        10 ޕޮއިންޓް

         ކުންފުނީގެ ޕްރޮފައިލަށް                                           10 ޕޮއިންޓް

ވީމާ، މަތީގައި ދެންނެވުނު މެޝިނަރީ ހޯދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ރ. އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ބައިންޑް ކުރެވިފައި ނުވަތަ ހީރަސްނަރުޖަހާ ފޮތެއްގެ ސިފައިގައި ޞަފުޙާ ނަންބަރުޖަހައި ތަރުތީބުންނެވެ. އަދި ކޮންމެ ޕޭޖެއްގައި ހުށަހަޅާ ފަރާތުގެ ތައްގަނޑު ޖަހައި ސޮއި ކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަނީ ކުންފުންޏަކުން ކަމަށްވާނަމަ، މެނޭޖިންގ ޑިރެކްޓަރ ފިޔަވައި އެހެން މުވައްޒަފަކު އަންދާސީހިސާބު ހުށަހަޅަން އަންނަނަމަ، ކުންފުނީގެ ލެޓަރހެޑްގައި ލިޔެ، މެނޭޖިންގ ޑިރެކްޓަރ ނުވަތަ ކުންފުނި ހިންގުމާ ހަވާލުވެހުރި ވެރިޔަކު ސޮއިކޮށްފައިވާ ލިޔުން ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

25 މުޙައްރަމް 1436

18 ނޮވެންބަރު 2014
ހޯދާ