ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ކެމެރާއެއް ގަންނަން

ކެމެރާއެއް ގަންނަން ބޭނުންވެއްޖެ

ދިވެހިބަހުގެ އެކެޑަމީއަށް ޑިޖިޓަލް ކެމެރާއެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)430-DBA-I/1/2014/28) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

މިކަމަށް އެދޭ ފަރާތްތަކުން 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކަށްވެސް މަޢުލޫމާތު ކަރުދާސް ދޫކުރެވިދާނެއެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2014 ނޮވެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.

25 މުޙައްރަމް 1436 

18 ނޮވެންބަރު 2014
ހޯދާ