މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑެންޓަލް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑެންޓަލް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2014/216)ފ(06 ނޮވެންބަރު 2014) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު ޑެންޓަލް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 ނޮވެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޑިސެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 މުޙައްރަމް 1436       

18 ނޮވެންބަރު 2014
ހޯދާ