ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ކުނި އުކާލައިދޭނެ ފަރާތެއް ހޯދުމަށް

މިސެންޓަރުގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކުން ނެގޭ ކުނި އުކާލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ޖީ،އެސް،ޓީ އަށް ވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން.
  • އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނުވަތަ ކޮންމެ ކޮމްޕެނީއަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތްތައް
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ،އެސް،ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓަރީގެ ކޮޕީ
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން

މާރކްސް ދޭނެގޮތް:

  • އަގަށް: %70
  • ތަޖުރިބާ: %30
  • ތަޖުރިބާއަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:          

މަސައްކަތުގެ އަދަދު

ޕޮއިންޓް

1 - 10

10

11 - 20

20

21 މަސައްކަތް ނުވަތަ އެއަށްވުރެ މަތި

30

 

 

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:15 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:15 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަންތައް ބާޠިލުވާނެއެވެ.

25 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ