ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސެންޓަރުން ދެއްވާ އިރުޝާދާއި، ދައްކާނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ނރ

ތަފުސީލު

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

1

މިސެންޓަރުން ދެއްވާ އިރުޝާދާއި، ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި 600 ޓައީ ފަހަން ބޭނުންވެއެވެ.

25 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:45 ގައި

30 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:45 ގައި

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ޖީ،އެސް،ޓީ އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން.
  • އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނުވަތަ ކޮންމެ ކޮމްޕެނީއަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތްތައް
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ،އެސް،ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓަރީގެ ކޮޕީ
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން

25 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ