ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ސުޕަރމާޓު ރިނޮވޭޓްކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކގެ ސުޕަރމާޓު ރިނޮވޭޓްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މިކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާ އެއްގޮތަށް، އެސްޓީއޯ ޕލކގ ސުޕަރމާޓްގެ ރިނޮވޭޝަން މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:         އެސްޓީއޯ ސުޕަރމާޓް ރިނޮވޭޝަން މަސައްކަތްކުރުން

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:     ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ނޮވެންބަރު 25 ވާ ދުވަހުގެ 1430 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ނޮވެންބަރު 25 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

މަޢުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ނޮވެންބަރު 26 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ސުޕަރމާޓުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:       ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ނޮވެންބަރު 30 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލުގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގެންފައިވާ ފަރާތްތަކަށްް 2014 ޑިސެންބަރު 07 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:  3344318 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

20 ނޮވެންބަރު 2014
ހޯދާ