ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޝޮޕް އެސިސްޓެންޓް

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ޝޮޕް އެސިސްޓެންޓް

އަދަދު: 02

މުސާރައިގެ ގޮތުގައި އެހެނިހެން އިނާޔަތްތަކާއެކު ޖުމުލަ: -/7500

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ އައި.ޖީ.އެމް.އެޗް ފާމަސީ

އެހެނިހެން އިނާޔަތްތައް:

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެމަތީން އަހަރީ ބޯނަސް ދެވޭނެއެވެ.

* ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* މުދާ ސްޓޮކްކޮށް ވެއަރހައުސްގައި އެތުރުން

* ފާމަސީތަކަށާއި އެހެނިހެން ސައިޓްތަކަށް މުދާ އަންލޯޑުކޮށް ޑެލިވަރ ކުރުން

* ޑޮކިއުމަންޓްސް ބަލައިގަތުމާއި ޑިސްޓްރިބިއުޓް ކުރުން

* ވެއަރހައުސްއާއި ވެއަރހައުސްގެ ފަރުނީޗަރާއި އިކުއިޕްމަންޓްސް ސާފުކުރުން

ތަޢުލީމީ ތަޖުރިބާ:

* ގްރޭޑް 7 ނިންމާފައިވުން

* ދިވެހި އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން

އެހެނިހެން ތަޖުރިބާ / ހުނަރު:

* ބަރު އެއްޗެހި އުފުލޭނެ ފިޓްނަސް ހުރި މީހަކަށްވުން

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ނޮވެންބަރު 2014ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވިލިނގިލީއަވަށުގެ ފިހާރަ އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245  ފެކްސް:  3344041  ވެބްސައިޓް: www.stomaldives.com

16 ނޮވެންބަރު 2014
ހޯދާ