ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމު:

އެމް.އެސް 3

ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ސްޓްރެޓެޖިކް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް

ޑިވިޜަން:

-/7035 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލަވަންސް:

-/4000 ރުފިޔާ

ލިވިންގ އެލަވަންސް

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2462/25 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

 1. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

 1. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓެޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓުގެ މަސައްކަތްތައް ހިންގައި ސުޕަވައިޒްކޮށް ބެލެހެއްޓުން. މިގޮތުން މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.
 2. ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުން.
 3. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން. އަދި ސްޓްރެޓީޖިކް ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންތައްތައް މޮނިޓަރކޮށް ކޮންމެ ހަމަހަކުން ޕްރޮގުރެސް ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
 4. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ، ތަމްރީނުކުރުމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
 5. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިދާރާގެ ޓްރެއިނިންގ ރިކުއަރމަންޓް އެކުލަވާލުން.
 6. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަކީ އައި.އެސް.އޯ ސަރޓިފައިޑް ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި، އަދި އެކަންތައްތަކާ ބެހޭގޮތުން ކޮންމެ ހަމަހަކުން ރިޕޯޓެއް އެކުލަވާލައި ހުށަހެޅުން.
 7. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ހިންގުމާއި އެއާގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
 8. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުން.
 9. ސިވިލް ސަރވިސް ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 10. ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
 11. ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް ތަޢާރަފު ކުރުމާއި އިދާރާގެ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
 12. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި ސިޓީތަކަށް ސްޕަވައިޒަރުގެ ލަފާޔާއެކު ޖަވާބު ދިނުން.
 13. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީގެ ރެކޯޑު ބަލަހައްޓާ ސޮފްޓްވެއަރ ބެލެހެއްޓުމާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ޓެކްނިކަލް ބޭފުޅުންގެ އެހީ ހޯދުމުގެ މަސައްކަތްކުރުން. 
 14. ކޮމިޝަންގެ އިދާރާގެ އެޗް. އާރު. އެމް. ޑީ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
 15. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 16. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
 17. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
 18. ކޮމިޝަނުގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
 19. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
ހުށަހަޅަންޖެހޭ ލިޔުންތައް:
 • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
 • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
 • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން 2014 ޑިސެންބަރު 11 އާއި 2014 ޑިސެންބަރު 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
 
 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ