ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓެންސީ ދިނުމުގެ ފުރުޞަތު

މަޤާމު:

ހައިޑްރޯޕޯނިކްސް ޕްރޮޖެކްޓްގެ ލޯކަލް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

އޮފީސް:

ފެކަލްޓީ އޮފް ސައިންސް / ލ. ކެމްޕަސް

ބާވަތް އަދި މުއްދަތު:

1 އަހަރުދުވަސް (ކޮންޓްރެކްޓް މަޤާމެއްގެ ގޮތުގައި)

މަސައްކަތް ކުރަންޖެހޭ ވަގުތު:

މާލޭގައި ހޭދަކުރާ ދުވަސްތަކުގައި މަދުވެގެން ހަފުތާއަކު 2 ދުވަހު ކޮންމެ ދުވަހަކު 2 ގަޑިއިރު އަދި ފީލްޑްގައި ހޭދަކުރާ ވަގުތުތަކުގައި އެމުއްދަތު އެކުގައި. އިންޓަރނޭޝަނަލް ކޮންސަލްޓެންޓް ހުންނަވާ ދުވަސްތަކުގައި ދުވާލަކު 7 ގަޑިއިރު އަދި ތަމްރީނު ހިންގާއިރު އެކަމަށް ކަނޑައެޅޭ ޝެޑިއުލާ އެއްގޮތަށް

 

ވަޒީފާއަށް ބޭނުންވާ ތަޢުލީމީ ޢިލްމީ ސިފަތަކާއި ތަޖުރިބާ:

 

  • ދަނޑުވެރިކަމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު، އެދާއިރާގައި ޢަމަލީ މަސައްކަތުގައި މަދުވެގެން 5 އަހަރުދުވަހު އުޅެފައިވުން.
  • ހައިޑްރޯޕޯނިކްސް / ގުރީންހައުސް ޓެކްނޮލޮޖީއާ ގުޅޭ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ދަނޑުވެރިކަމުގެ ދާއިރާއިން ކޮންސަލްޓެންސީގެ ޚިދުމަތް ކުރިން ދީފައިވާ ނުވަތަ މިހާރުވެސް ދެމުންދާ ފަރާތެއްކަމުގައިވުން

މަސްއޫލިއްޔަތު:

  • ލ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޯޕޯނިކްސް ޕްރޮޖެކްޓްގެ މަސައްކަތް ރޭވުމާއި އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިކަން ދިނުން
  • އިންޓަރނޭޝަނަލް ކޮންސަލްޓެންޓް ޒިޔާރަތްކުރައްވާ ދަނޑިވަޅުތަކުގައި އެބޭފުޅާއާއެކު މަސައްކަތް ކުރުމާއި، ހެދޭ ޕްލޭނާ އެއްގޮތަށް މަސައްކަތް ރޭވުމާއި ހިންގުމުގައި އެހީތެރިވެދިނުން
  • މިޕްރޮޖެކްޓް ކުރިއަށްގެންދިއުމުގައި ބޭނުންކުރާ އިކުއިޕްމަންޓް، ކޮންސިޔުމަބަލްސް، ޓޫލްސް އަދި މެޝިނަރީއާއި އެހެނިހެން ސާމާނު ކަނޑައެޅުމުގައި އަދި ޕްރޮކިޔަރ ކުރުމުގައި އެހީތެރިކަން ދިނުން.
  • ސައިޓް ސެޓްކުރުމާއި، ސައިޓްގެ މަސައްކަތް ރޭވުމާއި ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ދިނުން
  • ސައިޓުން އެއްކުރެވޭ ޑޭޓާ އެއްކުރުމުގެ ނިޒާމު ރާވައި، މަޢުލޫމާތު އެއްކުރުމުގައި އެހީތެރިވުމާއި، ނެގޭ މަޢުލޫމާތު އެނަލައިޒްކޮށް ހެދުމުގައި އެހީތެރިވެދިނުން.
  • ފީލްޑް އޮފިސަރގެ ގޮތުގައި ނެގޭ މީހާ ތަމްރީނުކުރުމާއި، އިރުޝާދުދިނުމާއި، ކަނޑައެޅޭ އުސޫލެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން.
  • ދަނޑުވެރިންނަށް ތަމްރީނު ޕްރޮގްރާމް ރާވައި ހިންގުމާއި، ޕްރޮޖެކްޓް ކާމިޔާބުކުރުމަށް މަޢުލޫމާތުދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  • މިޕްރޮޖެކްޓުން ލިބޭ މަޢުލޫމާތުގެ އަލީގައި ހައިޑްޕޯނިކް ބޭނުންކޮށްގެން ގަސްހެއްދުމާބެހޭ މަޢުލޫމާތު ހިމެނޭ ލުއިފޮތެއް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ޕްރޮޖެކްޓް ހިންގުމުގައި ޔުނިވަރސިޓީގެ ފަރާތުން ހަރަކާތްތެރިވާ ޓީމަށް އެހީތެރިކަން ދިނުމާއި، މަޝްވަރާކުރުމާއި، ދިމާވާ ދަތި ހައްލުކުރުމުގައި އެހީތެރިކަން ދިނުން

މުސާރައާއި އުޖޫރަ

  • މިޚިދުމަތް ދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޚިދުމަތް ދެއްވާނޭ ޖުމްލަ އަގެއް ނުވަތަ މަހު މުސާރައެއް ހުށަހަޅުއްވަންވާނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. މީގައި މިދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ދެނެގަނެވޭފަދަ ގޮތަކަށް ބަޔާންކުރައްވާފައިވާންވާނެއެވެ. މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ތަޖުރިބާ، ހިންގަވާފައިވާ ތަމްރީނު، ޢަމަލީގޮތުން ކުރައްވާފައިވާ މަސައްކަތް އަދި ކޮންސަލްޓެންސީ ދީފައިވާނަމަ އެކަންކަން ސާފުކޮށް ބަޔާންކުރެވިފައި ވާންވާނެއެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345460، 3345119 ނަންބަރު ފޯނާއެވެ.

18 ނޮވެންބަރު 2014
ހޯދާ