ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ޕަރސަނެލް އޮފިސަރ

ސީނިއަރ ޕަރސަނެލް އޮފިސަރ

މަޤާމު:

އެމް.އެސް 2

ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން:

ޕަރސަނެލް މެނޭޖްމަންޓް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް

ޑިވިޜަން:

-/6295 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލަވަންސް:

-/3000 ރުފިޔާ

ލިވިންގ އެލަވަންސް

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2203/25 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. ޔުނިޓަށް ލިބޭ ސިޓީތަކާއި ޗިޓުތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ހުރިތޯ ޗެކްކޮށް، މަޢުލޫމާތު ފުރިހަމަ މައްސަލައެއްނަމަ ޗިޓް ޖެހުން. އަދި މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ސާފުނުވާ މައްސަލަތައް ސިވިލް ސަރވިސް އިދާރާތަކަށް ގުޅައިގެން ސާފުކުރުމާއި އަދި މަޢުލޫމާތު ސާފުނުވާކަމުގެ ޗިޓް ތައްޔާރުކުރުމަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  2. ޔުނިޓަށް ލިބޭ ސިޓީތަކުގެ މަޢުލޫމާތު ސާފުކުރުމަށްފަހު ޔުނިޓް ހިންގެވުމާ ހަވާލުވެހުންނެވި ބޭފުޅެއްގެ ލަފާ ހޯއްދަވައި އެސިޓީތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކޮށް އެޖަވާބުތައް ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސުޕަވައިޒަރާ ހަވާލުކުރުމާއި، ކޮމިޝަންގެ އެކިއެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަކާ ހަވާލުކުރުން.
  3. ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކިކުރުން.
  4. ސިވިލް ސަރވިސްގެ އިދަރާތަކުގެ ފާސްކޮށްފައި އޮންނަ އޮނިގަނޑާ އެއްގޮތުގެ މަތިން މަޤާމު އުފެއްދުމާއި މަޤާމު އުވާލުމާބެހޭ މަސައްކަތްކުރުން.
  5.  ސިވިލްސަރވިސްގެ މަސްއޫލު އޮފީސްތަކުގެ ޗިޓްތައް ޑިސްޕެޗްކުރުން.
  6. ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުންނަށް ވިއުގަ ބޭނުންކުރުމާ ގުޅޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
  7. މަސައްކަތް ހަވާލުކުރެވިފައި މުވައްޒަފު ނެތް ހާލަތެއްގައި ހަވާލުވެފައިވާ އިދާރާތަކުގެ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ މަޤާމުތަކަށް އިންޓަރވިޔު ޕެނަލް އެކުލަވާލެވެން ނެތް އަދި އިންޓަރވިއުކޮށް ދިނުމަށް އެދި ހުށަހެޅޭ އިދާރާތަކަށް އިންޓަރވިއުކޮށް ވަޒީފާ ހަމަޖެއްސުމުގެ އެންމެހައި ކަންތައް ކުރުން.
  8. 65 އަހަރު ފުރޭ މުވައްޒަފުންނަށް، 65 އަހަރު ފުރޭ ދުވަސް ބަލައި، ކަމާ ބެހޭ އިދާރާއަށާއި އެ މުވައްޒަފަކަށް އެންގުމަށް ސިޓީ ތައްޔާރުކޮށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން. 
  9. 55 އަހަރުވެގެން ރިޓަޔަރވާން އެދޭ މުވައްޒަފުންނަށާއި އޮފީހުގެ ފަރާތުން ރިޓަޔަރކުރާ މުވައްޒަފުންނަށް ތަހުނިޔާގެ ސިޓީ ތައްޔާރުކޮށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން. 
  10. ރިޑަންޑަންޓް ކުރަންޖެހޭ މުވައްޒަފުންނަށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން. 
  11. ޔުނިޓާގުޅޭ މައްސަލަތަކާބެހޭ ގޮތުން އެކިއެކި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅަކު ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ގަވާއިދާ އެއްގޮތްވާގޮތަށް ސާފުކޮށްދިނުން އަދި ވަޒީފާއާ ގުޅޭ މައްސަލަތަކާބެހޭ ގޮތުން އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
  12. އޮނިގަނޑަށް އަންނަބަދަލުތަކާއި މުވައްޒަފުންގެ މުސާރައަށާއި އޮފީސްތަކަށް އަންނަ ބަދަލުތައް ފަދަ ބަދަލުތަކާއި އަދި މަގާމަށާއި މުވައްޒަފަށް އަންނަ އެކިބަދަލުތަކާ ގުޅިގެން ދުވަހުން ދުވަހަށް ވިއުގަ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަދި މީގެ ތެރެއިން އޮފީސްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމަށްޓަކައި މަޢުލޫމާތު ތައްޔާރުކޮށް ޗެކްކުރުން.
  13. ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  14. ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  15. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  16. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރު ފަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
ހުށަހަޅަންޖެހޭ ލިޔުންތައް: 
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން 2014 ޑިސެންބަރު 11 އާއި 2014 ޑިސެންބަރު 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

25 މުޙައްރަމް 1436

18 ނޮވެންބަރު 2014
ހޯދާ