ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސުޕްރިންޓެންޑެންޓް

މަޤާމު: ސުޕްރިންޓެންޑެންޓް

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް

ސެކްޝަން: މޮނިޓަރިންގ އެންޑް އިންސްޕެކްޝަން

އަދަދު: 1

މަސައްކަތު ގަޑި: 7:30 އިން 15:30 އަށް

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މެނޭޖްމަންޓުގެ ދާއިރާއަކުން ޑިޕްލޮމާ ހާސިލު ކޮށްފައިވުމާއެކު، ލޯ އެންފޯސްމަންޓް ނުވަތަ ސެކިއުރިޓީ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ލޯ އެންފޯސްމަންޓް ނުވަތަ ސެކިއުރިޓީގެ ދާއިރާއެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ ސުޕަވައިޒަރީ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ހުޅުމާލޭގެ ޢާންމު ބިންތަކާއި ސަރަޙައްދުތައް ގަވާއިދާއި ޚިލާފަށް ބޭނުންކުރޭތޯ ޗެކްކުރުމާއި، އެތަންތަނުގައިވާ ތަކެއްޗައް ދޭ ގެއްލުންތަކާއި، މަގުމަތީގެ ލައިޓްތަކުގެ ހާލަތު ބަލައި މޮނީޓަރކުރާނެ ގޮތްތައް ރާވައި ހިންގުން.

- ހުޅުމާލެ ތެރެ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ އިންސްޕެކްޓަރުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.

- އިންސްޕެކްޓަރުންގެ އިތުރުގަޑީގެ މަސައްކަތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

- އިންސްޕެކްޓަރުންގެ ޑިއުޓީ ރޮސްޓަރ ތައްޔާރުކުރުން.

- އެޑްމިން އިން އަންގާފައިވާ ޝެޑިއުލާ އެއްގޮތްވާ ގޮތުގެމަތިން މައިއޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައްތައް މޮނީޓަރކޮށް ބެލެހެއްޓުން.

- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.  

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ސަލާމަތީ ކަންތައްތައް ދަންނަ މީހެއް ކަމުގައިވުން.

- މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއް ކަމުގައިވުން.

މުސާރަ: 9480.00ރ (އެލަވަންސްތަކާއެކު މަދުވެގެން 17122ރ. ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

............................................................................................................

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި މަޤާމުތަކުގައި އަދާކުރަންޖެހޭ ވަޒީފާގެ ގޮތުންނާއި މަސައްކަތުގެ ބާވަތުން މި މަޤާމުތަކަށް މުވައްޒަފުން އައްޔަނުކުރުމުގައި ޢުމުރުން 55 އަހަރަށްވުރެ ހަގު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       3ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                           ހުޅުމާލެ، ދިވެހިރާއްޖެ       

ފޯނު: 3336755                                                                         ފޯނު: 3353535   

ފެކްސް : 3335892                                                                       ފެކްސް : 3358892

20 ނޮވެންބަރު 2014
ހޯދާ