ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން

މިކުންފުނީގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ބައުވެ ހަލާކުވެފައިވާ ކޮމްޕިއުޓަރުތަކަކާއި އެއާގުޅޭ ބައެއް ސާމާނު
  • ބައުޒަރުގެ (ނިޝާން ޑީސަލް) ބައެއް ސްޕެއަރ

މި ތަކެތީގެ ނީލަން ފެށޭ އަގަކީ 2,500.00ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 200.00ރ (ދުއިސައްތަ ރުފިޔާ) އެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ.  އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.

23 މުޙައްރަމް 1436 

16 ނޮވެންބަރު 2014
ހޯދާ