ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ގަންނަން

ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ގަންނަން ބޭނުންވެއެވެ.

02 އޮފީސް ޓޭބަލް

01 ޕްރިންޓަރ ލޭޒަރޖެޓް

01 ޓީވީ 32 އިންޗީގެ ފްލެޓްސްކްރީން ފިލިޕްސް

40 ޕްލާސްޓިކް ގޮނޑި ( އަތްގަނޑުލީ ހުދު )

02 ކޮމްޕިއުޓަރ ސިސްޓަމް

04 ފައިލިންގ ކެބިނެޓް

02 ގޮނޑި ( ލޯބެކްޗެއަރ )

40 ޕްލާސްޓިކް ގޮނޑި ( އަތްގަނޑުނުލާ ހުދު )

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.

23 މުޙައްރަމް 1436

16 ނޮވެންބަރު 2014
ހޯދާ