ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތް ސްކޮލަރޝިޕްސް އިން ދަ ޔުނައިޓެޑް ކިންގްޑަމް - 2015

މިއިޢުލާނަކީ މިޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު: 143/IUL)166-schol/166/2014)ފ(4 ނޮވެންބަރު 2014) އާއި
145/IUL)166-schol/166/2014)ފ(10 ނޮވެންބަރު 2014) އިޢުލާން ބާޠިލުކުރުމަށްފަހު ކުރެވޭ އިޢުލާނެކެވެ.

ކޮމަންވެލްތް ސްކޮލަރޝިޕްސް އިން ދަ ޔުނައިޓެޑް ކިންގްޑަމް - 2015

އިނގިރޭސިވިލާތް

ޤައުމު:

2 ބެޗްލަރޒް

1 ޕީ.އެޗް.ޑީ

ކޯހުގެ އަދަދު އަދި ލެވެލް:

-  ހެލްތު

-  އެޑިޔުކޭޝަން

-  އިކޮނޮމިކް ގްރޯތް އެންޑް ދަ ޕްރިވެޓް ސެކްޓަރ

-  ގަވަރނަންސް އެންޑް ކޮންފްލިކްޓް

-  ކްލައިމެޓް އެންޑް އެންވަޔަރަމަންޓް

-  ވޯޓަރ އެންޑް ސެނިޓޭޝަން

-  ފުޑް އެންޑް ނިއުޓްރިޝަން

-  ހިއުމެނިޓޭރިއަން ޑިޒާސްޓަރސް އެންޑް އިމަރޖެންސީސް

އެޕްލައިކުރެވޭ ދާއިރާތައް:

ބެޗްލަރޒް ޑިގްރީ

  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.

ޕީ.އެޗް.ޑީ

  • އެދޭ ކޯހަކާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ މާސްޓަރސް ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެ.)  އަދި
  • މާސްޓަރސް ޑިގްރީ ފުރިހަމަކުރެއްވުމަށްފަހު ޤައުމަށް ޚިދުމަތްކުރައްވާތާ، 20 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން.

ކޯހުގެ ޝަރުތުތައް:

  • މިކޯހާ ބެހޭ މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް   www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް، ކޮމަންވެލްތުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތައުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓުހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • އެކެންޑިޑޭޓުން މާސްޓަރސް ޑިގްރީ ހާސިލު ކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މިކޯހަށް ހޮވުމުގައި އިނގިރޭސި ފެންވަރު ބެލުމަށް IELTS ޓެސްޓު ހަދަންޖެހިއްޖެ ހާލަތުގައި ބެލެވޭނީ ހަމައެކަނި 01 އޮކްޓޫބަރު 2014 އިން 06 މާރިޗު 2015 އާ ދެމެދުގައި ހަދާ ޓެސްޓްތަކަށެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1(އެކެއް) އެޕްލިކޭޝަން ފޯމެވެ.
  • މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓުގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލުކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ. މިދެންނެވި އުސޫލު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ޕްރޮގްރާމުގެ ދަށުން ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުން، ކިޔަވަން ބޭނުންވާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއަކުން ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖެހެއެވެ. އެގޮތުން ޕްލޭސްމަންޓް ހޯދާނީ ތިރީގައިމިވާ ލިންކުގައިވާ އިންސްޓިޓިއުޝަންތަކުންނެވެ.

http://bit.ly/cscuk-uk-universities

  • މިގޮތަށް ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދިނަމަވެސް ކޯހަށް ހޮވިއްޖެނަމަ ކެންޑިޑޭޓުން ދާނޭ އިންސްޓިޓިއުޝަނެއް ނިންމާނީ ކޯސްދެއްވާ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕުގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • އެޕްލިކޭޝަން ހުށަހަޅާއިރު ޕްލޭސްމަންޓް ލިބިފައިވާނަމަ، އެޕްލިކޭޝަން ފޯމާއެކު އެޕްލޭސްމަންޓް ހުށަހަޅަންވާނެއެވެ. އަދި ޕްލޭސްމަންޓް ލިބިފައިނުވާނަމަ، ޕްލޭސްމަންޓް ހޯދުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން އަންގައި ދިނުމުގެ ގޮތުން ޕްލޭސްމަންޓް ހޯދުމަށްޓަކައި އެފަރާތްތަކަށް ކޮށްފައިވާ މުޢާމަލާތު ނުވަތަ އީ-މެއިލްގެ ކޮޕީތައް ހުށަހަޅަންޖެހޭނެއެވެ.
  • ތިރީގައިމިވާ ވެބްސައިޓުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

www.dfid.gov.uk/cscuk

  • މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން http://www.dhe.gov.mv ލިބެން ހުންނާނެއެވެ.
  • މި ފުރުޞަތުތަކަށް ނޮމިނޭޓްވާ ކެންޑިޑޭޓުން ނޮމިނޭޓްވުމަށްފަހު އޮންލައިން އެޕްލިކޭޝަނެއް ފުރަންޖެހޭނެއެވެ.
  • މިކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހުގައެވެ. ވީމާ، ކަނޑައެޅިފައިވާ ދުވަސްވަރު ކިޔެވުން ފެށުމަށްޓަކައި އިނގިރޭސިވިލާތަށް ދާންވާނެއެވެ.
  • މި ޑިޕާޓްމަންޓުގެ ފަރާތުން މިކޯހަށް ނޮމިނޭޓްވާ ހުރިހާ ދަރިވަރުން ޝޯޓްލިސްޓް ކުރެވުނުނަމަވެސް ފައިނަލް ސެލެކްޝަން ހަދާނީއިނގިރޭސިވިލާތުންނެވެ.
  • މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި އަންހެން އަދި ފިރިހެން ކެންޑިޑޭޓުން އެއްވަރަކަށް ބައިވެރިކުރުމަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް (http://www.dhe.gov.mv) ގައި އިއުލާނާއެކު ވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. (މިޑިޕާޓްމަންޓް އަދި ޔޫކޭ އެޕްލިކޭޝަން ފޯމު)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން ތައްގަނޑުޖެހި އަސްލު. ( އެޓެސްޓް އޮރިޖިނަލް ) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅުއްވާ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • "ޕްލޭން އޮފް ސްޓަޑީ" ޕްރޮޕޯޒަލް.
  • ސަރުކާރު ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • މަދުވެގެން 3 ރެފަރެންސް ލެޓަރ.
  • އިނގިރޭސިބަހަށް ތަރުޖަމާކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓު (އޮރިޖިނަލް އެޓެސްޓެޑް)
  • އެޕްލައިކޮށްފައިވާ ޔުނިވަރސިޓީއަކުން ފޯމަލް އެޑްމިޝަން ލެޓަރއެއް ލިބިފައިވާނަމަ އެލިޔުން. އަދި ޕްލޭސްމަންޓް ނުލިބޭނަމަ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޔުނިވަރސިޓީތަކާއެކު  މުޢާމަލާތުކޮށްފައިވާކަން އަންގައިދޭ ލިޔުންތައް.
  • މާސްޓަރސް ޑިގްރީ ނިންމައި ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ 20 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރުވެފައިވާ ކަމުގެ ލިޔުމެއް.
  • ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 20 ނޮވެންބަރު 2014(ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv)  ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

13 ނޮވެންބަރު 2014
ހޯދާ