ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވޮޗަރ (ދާއިމީ)

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް: ވޮޗަރ (ދާއިމީ)    

ބޭނުންވާ އަދަދު: 2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މެޖިސްޓްރޭޓް ކޯޓް

މުސާރަ:-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް: ސަރވިސް އެލަވަންސް -/1000 ރުފިޔާ (އެއްހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20

ރޭންކް

މަޤާމުގެ އަސާސީ ޝަރުޠު

SS1

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމުން ނުވަތަ އިދާރާއިން ޓެސްޓެއް ދީގެންނެވެ.) ނުވަތަ،

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އެސް.އެސް 1 ރޭންކުގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

އިތުރުގަޑި:

 

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އާއި 15:00 އާ ދެމެދުގައި،  މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށް، އެޓެސްޓްކޮށްފައިވާ)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

4. ވަނަވަރު ނުވަތަ ސީވީ.

ސުންގަޑި: 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން.

 20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ