އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

ނޫސްބަޔާން

އެގިވަޑައިގަންނަވާނެފަދައިން މިދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނިތައް ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ ޤާނޫނު ނަމްބަރ 4/93  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ 'ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު' ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނިތައް ހިފާ، ހައްޔަރުކޮށް ދޫނިތަކަށް ގޯނާކުރަމުންދާތީ، މިކަމަކީ މިއެޖެންސީން ވަރަށް ކަންބޮޑުވާ އަދި ހިތާމަކުރާކަމެކެވެ.

ވީމާ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރ 4/93  (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއ ބަދަލު ހޯދުމުގެ ޤަވާއިދު އަދި 'ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު'  ދަށުން ފިޔަވަޅު އަޅާނެވާހަކަ އެންގީމެވެ. މިގޮތުން ހިމާޔަތްކުރެވިފައިިވާ އަދި ހިޖުރަކުރާ ދޫނި ހިފާ ފަރާތްތައް މިދެގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 މުހައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ