ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2015 ވަނައަހަރުގެ ނެޝަނަލް ރޭންކިންގ ޓްރަޔަލްސް

2015 ވަނަ އަހަރުގެ ނެޝަނަލް ސްވިމިންގ ސްކޮޑްތަކަށް ފެތުންތެރިން ހޮވުމަށް ބާއްވާ ރޭންކިންގ ޓްރަޔަލްސް 2014 ނޮވެންބަރު 24 އަދި 26 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިޓްރަޔަލްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބައިވެރިވުމަށް އެދި ތިރީގައި ދަންނަވާފައިވާ ތާރީޚުގެ ކުރިން މިއެސޯސިއޭޝަނަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ޓްރަޔަލްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވާއިދު 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުން ފެށިގެން މިއެސޯސިއޭޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

ސީނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް

ސީނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު: 24 ނޮވެންބަރު 2014

ފޯމު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި: 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން

ޖޫނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް

ޖޫނިއަރ ސްކޮޑް ރޭންކިންގ ޓްރަޔަލް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު: 26 ނޮވެންބަރު 2014

ފޯމު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި: 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން

12 ނޮވެންބަރު 2014
ހޯދާ