ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުސަތު

މަޤާމު: ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

ރޭންކް: އީ.އެކްސް 1

ކްލެސިފިކޭޝަން: ޑިރެކްޓަރ (ގްރޭޑް1)

މުސާރަ: -/8835 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ބަޖެޓް ފައިނޭންސް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ ވެރިންނަށް ލަފައާއި އިރުޝާދު ދީގެން، އެ ދެ ސެކްޝަނުން ހިންގާ މަސައްކަތްތައް، ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ހިނަގަމުންދާކަން ކަށަވަރުކުރުން.
  2. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމާއި، މުވައްޒަފުން ލެއްވުމާއި، މުވައްޒަފުން ވަކިކުރުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި، އެޕްރައިޒަލް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
  3. އޮފީސް ހުޅުވައި ލެއްޕުމާއި، އޮފީހަށް ބޭނުންވާ ތަކެތި ހޯދައިގެން ވަސީލަތްތައް ޤާއިމްކުރުމާއި، އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުމާއި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، އޮފީސް ފޮޅާސާފުކުރުމުގެ މަސައްކަތް ގަވާއިދުން ކުރިޔަށްދޭތޯ ބެލުން.
  4. އޮފީހުގެ ބަޖެޓާގުޅޭ މަސައްކަތްތަކާއި، ރިޕޭމަންޓް ކަލެކްޝަނާއި، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އެޅުމުގެ މަސައްކަތް.
  5. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަން ހިންގާ ވެރިންގެ ވަޒީފާ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ފުރިހަމައަށް ހިނގަމުންދާކަން ކަށަވަރުކުރުމާއި، ރަސްމީގަޑީގައި ހުރިހާ ވަގުތެއް އެންމެ ފުރިހަމައަށް ބޭނުންކުރެވެމުންދާކަން ކަށަވަރުކުރުމާއި، މިފަރާތްތަކުގެ އެޕްރައިޒަލް ހެދުމަށް ބޭނުންވާ މިންވަރަށް މަސައްކަތް މޮނިޓަރކޮށް، ޕާސަނަލް ރެކޯޑް ބަހައްޓައި އިސްވެރިޔާއަށް ފޯރުކޮށްދިނުމާއި، އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ ވެރިންނަށް ބޭނުންވާނެ ޓްރެއިނިންގ ފާހަގަކޮށް އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.
  6. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް، އިތުރަށް ޚިދުމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  7.  އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ މަސައްކަތާ ބެހޭގޮތުން ނުވަތަ ޑީ.އެޗް.އީ ގެ އެހެން މަސައްކަތްތަކާ ބެހޭގޮތުން ދާންޖެހޭ ޖަލްސާތައް، ވޯރކްޝޮޕް ނުވަތަ މިފަދަ އެހެން ޕްރޮގްރާމްތަކަށް ހާޒިރުވެ، އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް، ވެރިންގެ ލަފަޔާއެކު ތަންފީޒުކޮށް ކުރިއަށްގެންދިއުން.
  8. އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނެންޝަލް މެނެޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ އަހަރު ރިޕޯޓުގެ ޑްރާފްޓް އެކުލަވައިލުން.
  9. ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ އަހަރު ރިޕޯޓް ޑްރާފްޓް އެކުލަވާލައި ފައިނަލްކޮށް އަހަރު ނިމޭއިރަށް ފޮނުވުން.
  10.  އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، ބަޖެޓް، ފައިނެންޝަލް މެނޭޖްމަންޓް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭނުންވާ ފައިސާ ކުރިއަށްއޮތް އަހަރަށް ބަޖެޓްކުރުމަށްޓަކައި އަންދާޒާ ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.
  11. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ އަހަރީ ބަޖެޓް އެކުލަވާލައި ފިނޭންސް މިނިސްޓްރީއަށް ގަޑިއަށް ފޮނުވާކަން ކަށަވަރުކުރުމާއި،  ބަޖެޓާބެހޭ ހުރިހާ ޖަލްސާއެއްގައިވެސް ބައިވެރިވުން.
  12. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ  ޕްރޮކިއުމެންޓުގެ މަސައްކަތް ރަނގަޅަށްދާކަން ކަށަވަރުކުރުން.

ޝަރުޠު:

  1. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  5. އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއުއަށް ބަލައިގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2014 ޑިސެންބަރު 7 އާއި 11 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.    

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މިލިޔުންތަކުގައި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވެފައިވާނަމަ، ވަކިވި ތާރީޚުވެސް އެނގެން އޮންނަންވާނެއެވެ.

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 26 ވަނަ ދުވަހުގެ 14.30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ ނަންބަރު 3341303 ފޯނަށް ގުޅުން އެދެމެވެ. 

20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ