ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް އެސިސްޓެންޓް / ގރ. 1

މިކުންފުނީގެ ތިރިީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސަރވިސް އެސިސްޓެންޓް / ގރ. 1

އަދަދު: 3

މުސާރަ: 3240.00ރ (ބޭސިކް ސެލެރީ)

ވަޒީފާގެ ބާވަތް: ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން: ހޯމް އިމްޕްރޫވްމަންޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1500.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން

 މަޤާމުގެ މަސްއޫލިއްޔަތު:

  • ހޯމް އިމްޕްރޫވްމަންޓުގެ ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން
  • ހޯމް އިމްޕްރޫވްމަންޓުގެ ސޭލްސް ރެޕްރެޒެންޓޭޓިވުންނަށް މުދާ އުފުލުމުގައި އަދި ތަންތަނުގައި އެތުރުމުގައި އެހީތެރިވުން
  • ޑެލިވަރީތަކުގައި އެހީވުން
  • ހޯމް އިންޕްރޫވްމަންޓުގެ ބޭރާއި އެތެރޭގެ ބިއްލޫރިގަނޑު ސާފުކުރުން

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 23ވާ އާދީއްތަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

http://www.stomaldives.com/downloads/ :ވެބްސައިޓް

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެރިކޯޑަށް ބަލާނެއެވެ.

އެޑްރެސް: އެސްޓީއޯ ހެޑްއޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ގެ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

 

13 ނޮވެންބަރު 2014
ހޯދާ