ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން ކިޔެވުމުގެ ޚާއްޞަ ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

2015 ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ މަރުކަޒާއި ހައިއަތުލް ޢާލަމިއްޔާ ލިތަޙްފީޡުލް ޤުރްއާނިލް ކަރީމާ ގުޅިގެން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސަނަދުން ގުޅުވައި، ކީރިތި ޤުރްއާން ކިޔެވުމުގެ އިޖާޒާދިނުމަށް ޚާއްޞަ ޕްރޮގުރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ 2015 ވަނައަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ އެކުގައެވެ. ވީމާ، މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމުގައި ކިޔަވައިދެއްވަވާނީ ހައިއަތުލް ޢާލަމިއްޔާ ލިތަޙްފީޡުލް ޤުރްއާނިލް ކަރީމްއިން މަރުކަޒަށް ފޮނުއްވާފާއިވާ ބޭރުގެ ޙާފިޡެކެވެ.

ޝަރުޠު:

ކީރިތި ޤުރްއާން ހިތުދަސްކޮށް، ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ކިޔައިދީ، ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

ގަޑި:

21:00 – 23:00

ވީމާ، މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން ސިޓީއާއެކު ލިބިފައިވާ ޙާފިޡްކަމުގެ ސަނަދުގެ ކޮޕީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށްފަހު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ