ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު

ކޮމަންވެލްތް ސްކޮލަރޝިޕްސް އިން ދަ ޔުނައިޓެޑް ކިންގްޑަމް - 2015/2014

އިނގިރޭސިވިލާތް

ޤައުމު:

03 ޕީ.އެޗް.ޑީ

ކޯހުގެ އަދަދު އަދި ލެވެލް:

-  ހެލްތު

-  އެޑިޔުކޭޝަން

-  އިކޮނޮމިކް ގްރޯތް އެންޑް ދަ ޕްރިވެޓް ސެކްޓަރ

-  ގަވަރނަންސް އެންޑް ކޮންފްލިކްޓް

-  ކްލައިމެޓް އެންޑް އެންވަޔަރަމަންޓް

-  ވޯޓަރ އެންޑް ސެނިޓޭޝަން

-  ފުޑް އެންޑް ނިއުޓްރިޝަން

-  ހިއުމެނިޓޭރިއަން ޑިޒާސްޓަރސް އެންޑް އިމަރޖެންސީސް

އެޕްލައިކުރެވޭ ދާއިރާތައް:

  • ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  • ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ، 20 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން. އަދި
  • މިކޯހާ ބެހޭ މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް   www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.

ކޯހުގެ ޝަރުޠުތައް:

  • މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް، ކޮމަންވެލްތުގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
  • އެކެންޑިޑޭޓުން މާސްޓަރސް ޑިގްރީ ހާސިލު ކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މިކޯހަށް ހޮވުމުގައި އިނގިރޭސި ފެންވަރު ބެލުމަށް IELTS ޓެސްޓު ހަދަންޖެހިއްޖެ ހާލަތުގައި ބެލެވޭނީ ހަމައެކަނި 01 އޮކްޓޫބަރު 2014 އިން 06 މާރިޗު 2015 އާ ދެމެދުގައި ހަދާ ޓެސްޓް ތަކަށެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1(އެކެއް) އެޕްލިކޭޝަން ފޯމެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓުގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލުކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ. މިދެންނެވި އުސޫލު މިޑިޕާޓްމަންޓުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިޕްރޮގްރާމުގެ ދަށުން ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުން، ކިޔަވަން ބޭނުންވާ ޔޫ.ކޭ ގެ ޔުނިވަރސިޓީއަކުން ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދަންޖެހެއެވެ. އެގޮތުން ޕްލޭސްމަންޓް ހޯދާނީ ތިރީގައި މިވާ ލިންކުގައިވާ އިންސްޓިޓިއުޝަންތަކުންނެވެ. މިގޮތަށް ކެންޑިޑޭޓުން އަމިއްލައަށް ޕްލޭސްމަންޓް ހޯދިނަމަވެސް ކޯހަށް ހޮވިއްޖެނަމަ ކެންޑިޑޭޓުން ދާނޭ އިންސްޓިޓިއުޝަނެއް ނިންމާނީ ކޯސްދެއްވާ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.

http://bit.ly/cscuk-uk-universities

  • އެޕްލިކޭޝަން ހުށަހަޅާއިރު ޕްލޭސްމަންޓް ލިބިފައިވާނަމަ، އެޕްލިކޭޝަން ފޯމާއެކު އެޕްލޭސްމަންޓް ހުށަހަޅަންވާނެއެވެ. އަދި ޕްލޭސްމަންޓް ލިބިފައިނުވާނަމަ، ޕްލޭސްމަންޓް ހޯދުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން އަންގައިދިނުމުގެ ގޮތުން ޕްލޭސްމަންޓް ހޯދުމަށްޓަކައި އެފަރާތްތަކަށް ކޮށްފައިވާ މުޢާމަލާތް ނުވަތަ އީ-މެއިލްގެ ކޮޕީތައް ހުށަހަޅަންޖެހޭނެއެވެ.
  • ތިރީގައިމިވާ ވެބްސައިޓުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

www.dfid.gov.uk/cscuk

  • މިޑިޕާޓްމަންޓުން ޕޮއިންޓް ދޭގޮތުގެ ތަފުސީލު މިޑިޕާޓްމަންޓުގެ ވެބްސައިޓުން http://www.dhe.gov.mv ލިބެން ހުންނާނެއެވެ.
  • މި ފުރުޞަތުތަކަށް ނޮމިނޭޓްވާ ކެންޑިޑޭޓުން ނޮމިނޭޓްވުމަށްފަހު އޮންލައިން އެޕްލިކޭޝަނެއް ފުރަންޖެހޭނެއެވެ.
  • މިކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރުމަހުގައެވެ. ވީމާ، ކަނޑައެޅިފައިވާ ދުވަސްވަރު ކިޔެވުން ފެށުމަށްޓަކައި އިނގިރޭސިވިލާތަށް ދާންވާނެއެވެ.
  • މިޑިޕާޓްމަންޓުގެ ފަރާތުން މިކޯހަށް ނޮމިނޭޓްވާ ހުރިހާ ދަރިވަރުން ޝޯޓްލިސްޓް ކުރެވުނުނަމަވެސް ފައިނަލް ސެލެކްޝަން ހަދާނީ އިނގިރޭސިވިލާތުންނެވެ.
  • މިކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި އަންހެން އަދި ފިރިހެން ކެންޑިޑޭޓުން އެއްވަރަކަށް ބައިވެރިކުރުމަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓް (http://www.dhe.gov.mv) ގައި އިޢުލާނާއެކު ވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި، އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި. (މިޑިޕާޓްމަންޓް އަދި ESC އެޕްލިކޭޝަން ފޯމު)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން  ތައްގަނޑުޖެހި އަސްލު. ( އެޓެސްޓް އޮރިޖިނަލް ) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅުއްވާ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • "ޕްލޭން އޮފް ސްޓަޑީ" ޕްރޮޕޯޒަލް.
  • މަދުވެގެން 3 ރެފަރެންސް ލެޓަރ.
  • މެޑިކަލް ރިޕޯޓް.
  • އެޕްލައިކޮށްފައިވާ ޔުނިވަރސިޓީއަކުން ފޯމަލް އެޑްމިޝަން ލެޓަރއެއް ލިބިފައިވާނަމަ އެލިޔުން. އަދި ޕްލޭސްމަންޓް ނުލިބޭނަމަ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޔުނިވަރސިޓީތަކާއެކު  މުޢާމަލާތުކޮށްފައިވާކަން އަންގައިދޭ ލިޔުންތައް.
  • ބެޗްލަރސް ޑިގްރީ ނިންމައި ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ 20 ނޮވެންބަރު 2014 ގެ ނިޔަލަށް 2 އަހަރުވެފައިވާ ކަމުގެ ލިޔުމެއް.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
  • ސަރުކާރު ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެ މީހަކު ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 20 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

10 ނޮވެންބަރު 2014
ހޯދާ