މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދޭ ފޯމު ދޫކުރުން

މިރަށުގައި ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތްތަކަށް 16 ނޮވެންބަރު 2014 ން ފެށިގެން 15 ޑިސެންބަރު 2014 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯމު މިއިދާރާއިން ދޫކުރުމާއި ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިމުއްދަތުގެ ފަހުން ފޯމު ދޫކުރުމާއި ބަލައިގަތުން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ ރޯޝަނީމަގާއި ސޯސަންމަގާ ދޭތެރެއިންނެވެ.

 • ދިރިއުޅުމަށްޓަކައި އަލަށް ގޯތިނަގާ މީހުންގެ ހުންނަންވާ ޝަރުޠުތައް.
 1. ދިވެހި ރައްޔިތެއް ކަމުގައިވުން.
 2. ޢުމުރުން 21 އަހަރު ފުރިފައިވާ މީހަކަށްވުން.
 3. ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވުން ނުވަތަ ދަރިއަކު ލިބިފައިވާ މީހަކު ކަމުގައިވުން.
 4. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
 5. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނުވުން.
 6. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 02 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.
 7. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 02 އަހަރު ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.
 8. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން. ނުވަތަ ލިބެންއޮތްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލަކާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
 9. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީ ކޮށްދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެންއޮތް ބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމަށްފަހުގައެވެ.
 10. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން.
 11. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން.
 • ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ އުސޫލު

1) ގޯތީގެ ބައި:

  (ހ) ގޯއްޗަށް އެދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ    25 ޕޮއިންޓް

2) ކައިވެނީގެ ބައި:

   (ހ) މީހަކާ އިނދެގެން ހުރިނަމަ                          25 ޕޮއިންޓް

3) ޢުމުރުގެ ބައި:

  (ހ) ޢުމުރުން 21-25 އަހަރާ ދެމެދު ނަމަ                      05 ޕޮއިންޓް

  (ށ) ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)      07 ޕޮއިންޓް

4) ދަރިންގެ ބައި:

  (ހ) މީހަކާ ނުއިނދެހުރި 21 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ               10 ޕޮއިންޓް

  (ށ) މީހަކާ ނުއިނދެހުރި 21 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ

  ކޮންމެ ކުއްޖަކަށް (މިބަޔަށް ގިނަ ވެގެން ދެވޭނީ 16 ޕޮއިންޓް)                04 ޕޮއިންޓް

  (ނ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ 03 ޕޮއިންޓް

  (ރ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަ

ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (މިބަޔަށް ގިނަ ވެގެން ދެވޭނީ 08 ޕޮއިންޓް)         04 ޕޮއިންޓް

5) މައިންބަފައިންގެ ބައި:

  (ހ) މަންމަ ބަލަމުން ގެންދާނަމަ                                     03 ޕޮއިންޓް

  (ށ) ބައްޕަ ބަލަމުން ގެންދާނަމަ                                     03 ޕޮއިންޓް

  (ނ) މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ  03 ޕޮއިންޓް

6) ރައްވެހިކަމުގެ ބައި:

  (ހ) ރަށުގެ ރައްވެއްސެއްނަމަ                                       04 ޕޮއިންޓް

  (ށ) ރަށުގައި ދިރިއުޅޭނަމަ                                         06 ޕޮއިންޓް

7) ޕޮއިންޓް އުނިކުރުން:

  (ހ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި

     މީނާ ކަމަށްވާނަމަ                                           10 ޕޮއިންޓް

   (ށ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި     

      މީނާ ކަމަށްވާނަމަ                                          10 ޕޮއިންޓް

   (ނ) ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ

      ކޮންމެ ގޯއްޗަކަށް                                          05 ޕޮއިންޓް

   (ރ) ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ

      ކޮންމެ ގޯއްޗަކަށް                                          05 ޕޮއިންޓް

 • އިތުރު ތަފުސީލު:
  • ނަންބަރު 03 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރާ ތާރީޚަށެވެ.
  • ނަންބަރު 04 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށް ވުރެ ގިނަ ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓް ދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށް ދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށް ނުޖެހޭނެއެވެ.)
  • ނަންބަރު 05 ގައިވާ މައިންބަފައިން ބަލަމުންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތި ނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ދާނަމައެވެ.
  • ނަންބަރު 05 ގެ (ނ) ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކު ބަލަމުން ގެންދާނަމައެވެ.
  • ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތި ދޭ ތާރީޚަށެވެ.
 • ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނެ ގޮތް.
  • ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށް ވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ދިރިއުޅުމުގެ ޙާލަތަށް ބަލައި އެންމެ ބޮޑަށް ގޯއްޗެއް ބޭނުންވާނެ ކަމަށް ފެންނަ މީހުންނަށް އިސްކަންދީގެން، އަދި ގުރުއަތުލާން ޖެހިއްޖެނަމަ ގުރުއަތު ލައިގެންނެވެ.
  • ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތި ދޫކުރެވޭނީ އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިންމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސް ނުވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މުޙައްރަމް 1436

12 ނޮވެންބަރު 2014
ހޯދާ