ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1
ރޭންކް: ޖީ.އެސް 4
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ފިކްސްޑް އެސެޓް މެނޭޖްމަންޓް ޔުނިޓް، އެޑްމިނިސްޓްރޭޓިވް ސަރވިސަސް ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިނިސްޓްރީއާއި މިމިނިސްޓްރީގެ ތަންތަނަށް ހޯދޭ ހަރުމަދަލުގެ ރަޖިސްޓްރީ (އިންވެންޓްރީ)، މާލިއްޔަތު ޤަވާޢިދުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް، ސެކްޝަން /ޔުނިޓުގެ އިސްވެރިޔާގެ ލަފާގެމަތިން ކުރިޔަށް ގެންދިޔުން.
- މިނިސްޓްރީއާއި މި ދާއިރާގެ ތަންތަނުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ ޢިމާރާތްތަކުގެ ރަޖިސްޓްރީ ތައްޔާރުކޮށް، އަންނަބަދަލުތަކުގެ މަޢުލޫމާތު، ދާއިރާގެ ސެކްޝަން، ޑިޕާޓްމަންޓް، ސްކޫލްތަކުން ހޯދައިގެން، ކޮންމެ މީލާދީ އަހަރެއްގެ 31 ޑިސެންބަރުގެ ކުރިން ރަޖިސްޓްރީ ފުރިހަމަކޮށް ނިންމުމާއި، ދައުލަތުގެ މުދާ ބެލެހެއްޓުމުގެ ބާބު 7 ގައިވާގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓެޑް އިންވެންޓްރީ ރިޕޯޓް ޕްރިންޓްކޮށް ކަމާގުޅޭ ސެކްޝަންތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- މިނިސްޓްރީއާއި މިދާއިރާގެ ތަންތަނުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވާ ތަކެތީގެ ރެކޯޑުތައް ބަރާބަރަށް ބެލެހެއްޓުމާއި، އިންވެންޓްރީން އެ ތަކެތި އުނިކުރުން.
- މިނިސްޓްރީގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ ލެޕްޓޮޕް، ކެމެރާ، މޯބައިލްފޯން ފަދަތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، "އެކިއެކި ރަސްމީ ބޭނުންތަކަށް މެޝިނަރީއާއި އިކްއިޕްމަންޓްސް" ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް ރެކޯޑްކޮށް ބެލެހެއްޓުން.
- މިނިސްޓްރީގެ ހެޑްއޮފީހުގެ ފިކްސްޑް އެސެޓް ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި، އެސެޓްތަކުގައި ނަންބަރުޖެހުމުގެ މަސައްކަތްތައް ބަރާބަރަށް ދުވަހުން ދުވަހަށް ނިންމުން.
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
އިންޓަވިއުކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރު 24 އާއި 30 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mvން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.
20 މުޙައްރަމް 1436