ހައްދުންމަތީ ހިތަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގުރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިން އެންޑް ޕަބްލިކް ރިލޭޝަންސް

ޔުނިޓް

އޯ.ޕީ.ޑީ

މަސައްކަތް ކުރަންޖެހޭ ތަން

ލ.ހިތަދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، ބަލިމީހުންނަށް އެޕޮއިންމެންޓް ހަމަޖައްސައި ދިނުން.
  2. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތުދީ މަގުދައްކައި ދިނުން.
  3. އެޕޮއިންޓްމެންޓް ހަމަޖައްސާފައިވާ ފަރާތްތައް ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީކޮށް ކަނޑައަޅާފައިވާ ތަރުތީބުން މެމޯ ދޫކުރުން.
  4. އެމްބިއުލާންސްގެ ޚިދުމަތަށް އެދޭ ފަރާތްކަށް ލަސްނުކޮށް އެޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި ކަމާގުޅޭ މަޢުލޫމާތު ސާފުކޮށްދިނުން.
  5. މެޑިކަލް ސެޓުފިކެޓު، ޑިސްޗާރޖް ސަމަރީ، ރިފަރަލް ލެޓަރ ފަދަ ތަކެތި ޓައިޕްކުރުން.
  6. ރިސެޕްޝަނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދާ ހަމަކުރުން.
  7. ފައިލްކުރަންޖެހޭ ރިކޯޑުތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސް އަދި ރިސްކް އެލަވަންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމު

ކޭޝިޔަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގުރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިން އެންޑް ޕަބްލިކް ރިލޭޝަންސް

ޔުނިޓް

އޯ.ޕީ.ޑީ

މަސައްކަތް ކުރަންޖެހޭ ތަން

ލ.ހިތަދޫ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒަށް ލިބޭ އާމްދަނީގެ ފައިސާ ބަލައިގަތުމާއި ރިޕޯޓު ތައްޔާރު ކުރުން.
  2. އާސަންދައިގެ ދަށުން ދެވޭ ޚިދުމަތްތަކަށް ބިލް ތައްޔާރުކޮށް ފޮނުވުން.
  3. މުވައްޒަފުންގެ ގަޑީލާރި ފައިސާގެ ހިސާބު ތައްޔާރުކުރުން. 
  4. ޞިއްޙީމަރުކަޒަށް ލިބޭ ޢާމްދަނީ ފައިސާ ރީޖަނަލް ހޮސްޕިޓަލްގެ އެކައުންޓަށް ޖަމާކޮށް ރިޕޯޓު ފޮނުވުން.
  5. ލިބޭ ފައިސާ ދުވަހުފޮތަށް ނަގާ ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސް އަދި ރިސްކް އެލަވަންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
  5. ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕް، ސެމިނާ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުން.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން. (މި ލިޔުންތަކުގައި އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް/މުއްދަތު އެނގެން އޮންނަންވާނެއެވެ.)

ފޯމު ހުށަހެޅުމުގެ ސުންގަޑި

2014 ނޮވެންބަރު 23 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ލ.ހިތަދޫ ޞިއްޙީމަރުކަޒަށް.  

އިންޓަރވިއު އޮންނާނެ ތާރީޚާއި، ތަން

ޢިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެތެރޭގައި، ލ.ހިތަދޫ ޞިއްޙީމަޒު، (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800076، 7911087 އެވެ. ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 3:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި މަޤާމުތަކަށް ކުރިމަތި ލެއްވޭނީ މީލާދީ ތާރީޚުން ޢުމުރުން 18 އަހަރުފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ