މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ

މި އިޢުލާންވަނީ 10 ނޮވެންބަރު 2014 1347 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

"ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ޑިޒައިން ކުރުމުގެ މުބާރާތް

ދިވެހި ރާއްޖޭގެ އުފެއްދުންތައް ކުރިއަރުވާ، ޕްރޮމޯޓްކޮށް އަދި ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި، ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ ނިޝާން، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ރާއްޖޭގެ އުފެއްދުންތަކުގައި ޖަހައިދެވޭނެ އުސޫލެއް ނުވަތަ ސެޓިފިކޭޝަން ސްކީމެއް ތަޢާރަފުކުރުމަށް މިމިނިސްޓްރީން ކުރަމުން ދާ މަސައްކަތުގައި، މި ސްކީމްގައި ބޭނުންކުރެވޭނެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ފަރުމާކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތަށް ލޯގޯ ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު 30 ސެޕްޓެންބަރު 2014ގެ ނަންބަރު (IUL)101-AF/1/2014/134 އިޢުލާނުން، މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ނަމަވެސް، މި އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ލޯގޯ ޑިޒައިން ލިބިފައި ނުވާތީ، މި މުބާރާތަށް ލޯގޯ ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މުބާރާތުން އެއްވަނައަށް ދާފަރާތަކަށް -/25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށް ދާފަރަތެއްގެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ސެޓިފިކޭޝަން ސްކީމްގެ ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

މި މުބާރާތުގެ ސުންގަޑި އަކީ 18 ނޮވެންބަރު 2014 އެވެ.

ވީމާ، މި ސްކީމްގެ ލޯގޯ ފަރުމާކުރުމަށް އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މުބާރާތުގެ ރޫލްސް އަދި ގައިޑްލައިންސް، އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިނިސްޓްރީގެ ނަންބަރު 3333199 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

09 ނޮވެންބަރު 2014

 

Announcement

“Genuine Maldivian Product” logo design competition

The Ministry of Economic Development intends to launch a “Genuine Maldivian Product” certification scheme, with the aim of adding value, facilitating for promotion, and identification of genuine Maldivian products. All products registered and sold under this scheme will bear an authorizing seal or logo, to identify the product as a genuine Maldivian product. 

The Ministry opened up the opportunity to the creative designers and artists in the Maldives to participate in a contest to design a logo for the “Genuine Maldivian Product” certification scheme, via Announcement number (IUL)101-AF/1/2014/134 on 30 September 2014. But, as we did not receive the desired amount of logo designs, we are again announcing for logo design applications.

The Winner of the competition will receive prize money of MVR 25,000/- (Twenty Five Thousand). In addition, the winning logo design will be used as the Official Logo for the “Genuine Maldivian Product” certification scheme.

The deadline for submission of entries is 18th November 2014.

The Rules and Guidelines and Official Entry Form can be obtained from the Ministry website www.trade.gov.mv. For additional information, please contact the Ministry on 3333199 or email to [email protected].

09 November 2014

09 ނޮވެންބަރު 2014
ހޯދާ