ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސެމިނާރ އޮން 'ވިމެން އޮން ބޯޑްސް'

ތަމްރީނު ޕްރޮގްރާމް

ސެމިނާރ އޮން "ވިމެން އޮން ބޯޑްސް"

ދިވެހިރާއްޖޭގެ ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެން ކަނބަލުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި "ވިމެން އޮން ބޯޑްސް"ގެ ނަމުގައި ސެމިނާރެއް 26 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ ހެދުނު 10:00 އިން 12:30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ)ގެ ކެޕިޓަލް މާރކެޓް އެންޑް ކޯޕަރޭޓް ގަވަރނަންސް އިންސްޓިޓިއުޓް (ސީ.އެމް.ސީ.ޖީ.އައި) އާއި ވިލާ ކޮލެޖްގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރޒް އެންޑް ސެކްރެޓަރީޒް (އައި.ސީ.ޑީ.އެސް) އާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ސެމިނަރތަކެކެވެ.

މި ސެމިނަރގައި، ދިވެހިރާއްޖޭގެ ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުންގެ ދައުރު އިތުރުކޮށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ބައިވެރިންގެ މެދުގައި ޚިޔާލުފާޅުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އަންހެން ކަނބަލުންނަށް ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވުމުގައި ދިމާވާ މައްސަލަތަކާމެދު ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމާއި އަންހެނުންގެ ދައުރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، މި ސެމިނަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތުގެ ފުރިހަމަ ވަނަވަރާއި ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް، މިއޮތޯރިޓީގެ މެއިލް އެޑްރެހަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

މި ސެމިނަރއާގުޅޭ އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓުގެ http://www.cmda.gov.mv/news/seminar-on-women-on-boards ލިންކުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ސީ.އެމް.ޑީ.އޭ އިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3014103 ފޯނާއި ނުވަތަ އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv އިން ލިބެން ހުންނާނެއެވެ.  

12 މުޙައްރަމް 1436 

05 ނޮވެންބަރު 2014
ހޯދާ