ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދެ ކޯހެއްގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށާނީ 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ޑިޕްލޮމާ އިން ފާމަސީ

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ސ.ހިތަދޫ (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. އެޑްވާންސްޑް ސެޓުފިކެޓު އިން ފާރމަސީ ފުރިހަމަ ކޮށްފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިޔު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ށ. ޖީ.ސީ.އީ އޯލެވެލްގެ ހިސާބާއި، ބަޔޮލޮޖީ ނުވަތަ ހިއުމަން ބަޔޮލޮޖީއާއި، ފިޒިކްސް ނުވަތަ ކެމިސްޓްރީއިން ފާސްވެފައިވުން. އަދި އިނގިރޭސިބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން.

 

2- ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ސޯޝަލް ސަރވިސަސް ވާރކް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

1- ހ. ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ 4 މާއްދާއިން ފާސްވެފައިވުން. ނުވަތަ

  ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި ޖީ.ސީ.އީ އޯލެވެލްގެ އިނގިރޭސިން ދަށްވެގެން "ޑީ" ފާސް ހޯދާފައިވުން. ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސިބަހުގެ ޓެސްޓުން ފާސްވެފައިވުން. ނުވަތަ

  ނ. އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި

2. ފެކަލްޓީގެ ފަރާތުން ކުރާ އިންޓަރވިއުއަކުން ފާސްވުން.

ނޯޓް: މިކޯހަށް ކުރިމަތިލާ ފަރާތްތައް ޕޮލިސް ކްލިއަރެންސް ރިޕޯޓެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

13 މުޙައްރަމް 1436

06 ނޮވެންބަރު 2014
ހޯދާ