އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް ( ސެކަންޑަރީ ގްރޭޑްތަކަށް )

ވަޒީފާގެ ފުރުސަތު


މަޤާމުގެ ނަން: ޑެޕިއުޓީ ޕްރިންސިޕަލް (ސެކަންޑަރީ ގްރޭޑްތަކަށް)

އަދަދު: 1 (އެކެއް) 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  އެކަޑަމިކް                                   

ވަޒީފާ އަދާކުރަންޖެހޭ ތަން: އިސްކަންދަރު ސްކޫލް، ކ. މާލެ       

މަޤާމު އޮތް އޮފީސް: އިސްކަންދަރު ސްކޫލް  

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ، ތިރީގައި މިވާގޮތަށް އެ ފަރާތަކަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޑެޕިއުޓީ ޕްރިންސިޕަލް

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

5610.00

2500.00

ޑެޕިއުޓީ ޕްރިންސިޕަލް

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

6295.00

2500.00

ޑެޕިއުޓީ ޕްރިންސިޕަލް

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7035.00

2500.00

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

7875.00

2500.00

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

8835.00

2500.00

 

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ޓީޗިންގ ސާރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

9890.00

2500.00

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

11065.00

2500.00

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

12400.00

2500.00

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ޓީޗިންގ ސާރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކިޔަވައި ދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

13890.00

2500.00

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

15560.00

2500.00

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް، އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުން.
  2. ސްކޫލުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  3. ސްކޫލުގެ ކިޔަވައިދިނުމާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިނގައި ބެލެހެއްޓުން.
  4. ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  5. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  6. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.

ވަޒީފާއަށް އެދޭ ފަރާތްތަކުން ޕްރެޒެންޓޭޝަން ހުށަހެޅުން:

 މި މަޤާމަށް އެދޭ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ހުށަހަޅަންޖެހޭނީ ދިވެހިބަހުންނެވެ. ޕްރެޒެންޓޭޝަނުގެ ދިގުމިނަކީ 15 މިނެޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓްދިނުމުގައި ބަލާނީ، ޕްރެޒެންޓޭޝަނުގެ ކޮންޓެޓާއި، މުޢާމަލާތުކުރުމުގެ ޤާބިލުކަމަށެވެ. ވަޒީފާއަށް އެދޭފަރާތްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަނުގައި ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. ޕަރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތަޢާރަފެއް)
  2. ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އޭގެ ނަތީޖާތައް.
  3. ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެގޮތުގެ ތަޞައްވަރު.
  4. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތްތައް ބިނާކުރާނެގޮތުގެ ތަޞައްވަރު.
  5. ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް ފައިނޭންސް މެނޭޖްކުރާނެގޮތުގެ ތަޞައްވަރު.
  6. ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެކަމަށް ފެންނަ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތައް.
  7. ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ޤާބިލުވާކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލް ސަރވިސްގެ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ) ގުޅޭނެ ނަންބަރާއެކު.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ މެންދުރު 14.00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

- ވަޒީފާއަށް އެދޭ ފޯމު އިސްކަންދަރު ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަވިއު އޮންނާނީ އިސްކަންދަރު ސްކޫލުގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓުކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ 3323244 ނަންބަރާ ގުޅުން އެދެމެވެ.

                               17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ