މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ތަކެތި ގަނެދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީގެ ބޭނުމަށް ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސާރޗް އިން ދަ މޯލްޑިވްސް ޕްރޮޖެކްޓަށް ބޭނުންވާ ތިރީގައިވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 4 Freeze Driving Machine
  • 4 Vacuum Packing Machine
  • 8000 Vacuum Sealing Plastic Roll

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

17 ނޮވެންބަރު 2014 ހޯމަ ދުވަހުގެ 13:00އަށް

13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

16 މުޙައްރަމް 1435‏                       

09 ނޮވެންބަރު 2014
ހޯދާ